ކުއްޖާގެ ބެލެނިވެރިޔާ ސޯޝަލް މީޑިއާގައި ހިއްސާކޮއްފައިވާ ފޮޓޯ
ކުއްޖާގެ ބެލެނިވެރިޔާ ސޯޝަލް މީޑިއާގައި ހިއްސާކޮއްފައިވާ ފޮޓޯ
ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ، ސްޓެލްކޯގެ މުވައްޒަފެއްގެ ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރުމަށް ހޮސްޕިޓަލަށް ގެންދިއުމުގައި އެހީތެރިވެދިން އެމްއެންޑީއެފް ކޯޕްރަލް މުޙައްމަދު ހިޝާމް އަޙުމަދަށް އެކުންފުނިން ޝުކުރު އަދާކޮށްފިއެވެ.

ސްޓެލްކޯއިން ކޯޕްރަލް ހިޝާނަށް ޝުކުރު އަދާކުރީ މިމަހުގެ 8 ވަނަ ދުވަހު އިރު އޮއްސުނު ވަގުތުގައި އެ ކުންފުނީގެ މުވައްޒަފެއްގެ ދަރިފުޅަށް ފިޓް ޖެހުމާއި ގުޅިގެން އަވަސް ފަރުވާ ދިނުމަށް އުޅުނު ވަގުތު، އޭނާގެ އަތްދަނޑި މަތީގައި ކުއްޖާ ބާއްވައިގެން ދުވެފައި ހޮސްޕިޓަލަށް ގެންގޮސްދީ ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމުގައި އެހީތެރިވެ ދިނުމާއި ގުޅިގެންނެވެ. ސްޓެލްކޯއިން ބުނި ގޮތުގައި ކޯޕްރަލް ހިޝާން ދެއްކެވީ އިންސާނިއްޔަތުކަމުގެ ނަމޫނާ މިސާލެއް ކަމަށެވެ.

މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ކޯޕްރަލް ހިޝާމްއަށް ދަނީ ތައުރީފާއި ޝުކުރު އޮއްސަމުންނެވެ. އޭނާގެ އިތުރުން އެމް.އެން.ޑީ.އެފްއަށް ވެސް މީހުން ދަނީ ޝުކުރު އަދާކުރަމުންނެވެ.

އެގޮތުން ސްޓެލްކޯގެ މުވައްޒަފު އަދި ކުއްޖާގެ ބައްޕަ ވެސް ވަނީ ސޯޝަލް މީޑިއާގައި ކޯޕްރަލް ހިޝާންއަށް ޝުކުރު އަދާކޮއްފައެވެ. އަދި ކޯޕްރަލް ހިޝާމްގެ އާއިލާއަށް ހެޔޮގޮތް މިންވަރުކުރައްވާ ބާއްޖަވެރި މުސްތަގްބަލެއް މިންވަރު ކޮއްދެއްވުމަށް ކުއްޖާގެ ބައްޕަ ދުއާ ކުރިއެވެ.



ފުލުހުންނާއި ސިފައިން މީގެ ކުރިންވެސް ޔުނީފޯރމް ޑިއުޓީގައި ނުތިބޭ ވަގުތުގައިވެސް ރައްޔިތުންނަށް ދިމާވާ މިކަހަލަ ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮއްދެމުން ދާކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން