ޕޯޗުގީޒުގައި އަރުޝީފުކުރެވިފައިވާ ދިވެހި ތާރީހާއި ތަރިކައާ ބެހޭ މައުލޫމާތު ހޯދުމަށް އެ ގައުމުގެ ތަރީހާއި ސަގާފަތް ދިރާސާ ކުރުމުގެ ތަޖުރިބާކާރެއް ކަމުގައިވާ ރޮބާޓް ޑީ ޖިއާކޯމޯ އާއި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް މަޝްވަރާ ކުރައްވައިފިއެވެ.

އިއްޔެ ތަރިކައާއި ބެހޭ މިނިސްޓްރީގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ވަނީ ދިވެހީންނާއި ޕޯޗުގީޒުންނާ ދެމެދު ހިނގާފައިވާ މުއާމަލާތްތަކާއި, ޕޯޗުގީޒުން ލިޔެފައިވާ ދިވެހީންނާ ބެހޭ ލިޔެކިޔުންތަކުގެ މައުލޫމާތު ހޯދުމަށް މަޝްވަރާ ކޮށްފައެވެ.

މި ބައްދަލުވުމުގައި ރޮބަޓް ވިދާޅުވީ، އޭނާއަކީ އޭޝިއާގެ ގައުމުތަކުގެ ތާރީހާއި ތަރިކައާއި ބެހޭ ކަންކަން ދިރާސާކޮށް އެތަކެތި ހިމާޔަތް ކުރުމަށް ގާނޫނީގޮތުން ލިބިދޭންޖެހޭ ރައްކާތެރިކަން ކަށަވަރު ކުރުމުގައި ވަކާލާތު ކުރައްވާ ބޭފުޅެއްކަމަށެވެ.

އަދި ދިވެހިންނާ ގުޅުން ހުރި ހާދިސާތައް ހިމެނޭ ފޮތްތައް ޕޯޗުގީޒް އަރުޝީފުތަކުގައި ހުރި ކަމާއި, ދިވެހިން ބޭނުންކޮށް އުޅުނު ގަހަނާ އެ ގައުމުގެ ދާރުލްއާސާރުގައި މިހާރުވެސް ފެންނަން ހުރިކަން ރޮބާޓް ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން އެ މައުލޫމާތުތައް ރާއްޖެއަށް ގެނައުމާއި ގުޅޭގޮތުން ދެފަރާތުން ވަނީ މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ.

މީލާދީން 1558 އިން 1573 އަށް ދިވެހިރާއްޖެ އޮތީ ޕޯޗުގީޒުންގެ އަޅުވެތިކަމުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން