ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި ކުޅިވަރުގެ ދާއިރާ ވަރަށް ބޮޑު ބަދަލަކާއި ދިމާލަށް މިސްރާބު ޖަހައިފި ކަމަށް މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ރާފިއު މިހެން ވިދާޅުވީ އޮލިމްޕިކްސްއަށް ކޮލިފައިވުމުގެ ޝަރަފު ރާއްޖޭން ފުރަތަމަ ފަހަރަށް ހޯދި ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ދީމާ ޢަލީއަށް މަރުހަބާ ކިއުމަށް މިއަދު ސޯޝަލް ސެންޓަރުގައި ބޭއްވި ހަފުލާއެއްގައި ވާހަކަ ދައްކަވަމުންނެވެެ.

މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު ވިދާޅުވީ އެކަމަށްޓަކައި ޕްލޭނެއް ރައީސް އެކުލަވާލައްވާފައިވާ ކަމަށާއި މި ޕްލޭންގެ ދަށުން އެތުލީޓުންނަށް ބޭނުންވާ ކަންކަން ކޮށްދީ ސްކޮލާޝިޕްގެ ފުރުސަތުތައް ލިބޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އެއީ އެތުލީޓުން މިހާރު ތިބި ލެވެލްއަށް ވުރެ އުސް ލެވެލްއަކަށް ގެންދިއުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް އަވަސް ފުރުސަތެއްގައި އަޅުގަނޑުމެންނަށް އެކި ތަންތަނުން ސޮކްލަޝިޕްތައް، ރާއްޖެއަށް ލިބިގެންދާނެ، ތިޔަ އެތުލީޓުންނަށް މި ނޫން ލެވެލް އަކަށް މިއަށް ވުރެ އުސް ލެވެލް އަކަށް ގެންދަން ބޭނުންވާ ސަޕޯޓް ދިނުމަށްޓަކައި އެތުލީޓުން ފަހަތުގައި ތިބޭ ޓީމް ބިހައިންޑް ބިލްޑް ކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިކުރަނީ." ރާފިއު ވިދާޅުވިއެވެ.

މީގެ އިތުރުން އެތުލީޓުންނަށް ބޭނުންވާ ހުރިހާ ކަމެއްގައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގެ ޔަގީން ކަން މިިނިސްޓަރު ވަނީ ދެއްވާފައެވެ. މިނިސްޓަރު ރާފިއު ވިދާޅުވީ އެތުލީޓުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ހާއްސަ މީހުން ތަމްރީން ކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާ ކަމަށެެވެ.

އޮލިޕިކްސް އަށް ކޮލިފައިވި ދީމާގެ ކާމިޔާބީ ފާހަގަކޮށް މިނިސްޓަރު ވަނީ ދީމާ އަށާއި އޭނާ މައިންބަފައިންނަށް ޝުކުރުއަދާކުރަށްވާފައެވެ. ދީމާ ހޯދި ކާމިޔާބީ އަށް ރަައީސް މުޢިއްޒު ވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ.

އޮލިމްޕިކްސްގައި 206 ގައުމެއް ބައިވެރިވެއެެވެ. އެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ފްރާންސުގެ ޕެރިހުގައި ޖުލައި 26އިން އޮގަސްޓް 11އަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން