މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ކަމުގެ މަގާމަށް އެމްޑީޕީގެ އައްޑޫ ދާއިރާގެ ރައީސް އަހުމަދު އަދުހަމް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް، ހަމަޖައްސަވައިފިއެވެ.
އަހުމަދު އަދުހަމަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގައިވެސް ހިމެނިވަޑައިގަންނަވާ މެމްބަރެކެވެ.
ސަރުކާރުން ޚަރަދު ކުޑަ ކުރުމަށް ފިޔަވަޅުތައް އަޅަމުން ގެންދާ މި ދަނޑިވަޅުގައި ޕޯސްޓް ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވާފައިވާއިރު ކޯވިޑް-19 އާ ގުޅިގެން ހަރަދު ކުޑަ ކުރުމުގެ ގޮތުން، ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ މުސާރަތައް ވަނީ ކުޑަކޮށްފައެވެ. އަދި ފިނޭންސް މިނިސްޓްރީން ތަކުރާރުކޮށް ބުނަމުންދަނީ ކޯވިޑާއި ގުޅިގެން ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މެނެޖިންގ ޑައިރެކްޓަރުގެ މަގާމުގައި ހުންނެވީ އަހުމަދު ޝަފީގެވެ. އޭނާއަކީ ރައީސް ޔާމިންގެ ވެރިކަމުގައި އެމަގާމަށް އައްޔަނު ކުރެއްވި ބޭފުޅެކެވެ. ރައީސް ޞާލިހު އަދި އެ ކުންފުންޏަކަށް މެނޭޖިންގ ޑައިރެކްޓަރަކު އައްޔަނެއް ނުކުރައްވައެވެ.
ސަރުކާރުތައް ބަދަލު ވުމާއެކު ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އާންމު ގޮތެއްގައި އަމިއްލައަށް އިސްތިއުފާ ދެއްވަނީއެވެ. ނުވަތަ އިސްތިއުފާ ނުދެއްވާ ބޭފުޅުން މަގާމުން ވަކި ކުރަމުން ގެންދަވަނީއެވެ. ނަމަވެސް ރައީސް ޞާލިޙު ވެރިކަމަށް ވަޑައިގެންނެވި އިރު ބައެއް ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ނުދެއްވައި ތިއްބެވިއިރު މިއަދާއި ހަމައަށްވެސް އެފަދަ ބައެއް ބޭފުޅުން ބަދަލު ނުކުރައްވައި މަގާމު ތަކުގައި ދެމި ތިއްބެވިކަން ފާހަގަ ކުރެވެެއެވެ. މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ އެމްޑީއަކީވެސް އެފަދަ ބޭފުޅެކެވެ. މިހާތަނަށް އޭނާ އަމިއްލައަށް އިސްތިއުފާ ދެއްވާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު