ކުލަ ހެދުމުގައި ތިބި ދެ ފުލުހަކަށް ވަޅިން ބިރުދައްކާ މާރާމާރީ ހިންގި މައްސަލައެއްގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ރޭ 10 ޖަހާ އެހާކަންހާއިރު، ކުލަ ހެދުމުގައި ތިބި ދެ ފުލުހަކަށް ވަޅިން ބިރުދައްކާ މާރާމާރީ ހިންގި މައްސަލައާއި ގުޅިގެން ތިން މީހުން ހައްޔަރުކުރި އެވެ.

އެއީ 35 އަހަރުގެ މީހަކާއި 39 އަހަރުގެ ދެ މީހުންނެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރި މީހުން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުންގެ ބަންދަށް މިހާރު ހަތް ދުވަސް ޖަހައިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. މިމައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެއެވެ.

އެ މައްސަލާގައި މީހުން ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކުރި ގޮތާމެދު ޝަކުވާތަކެއް ލިބިފައިވާތީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން އެކަން ބަލަމުން ދާކަމަށް ވެސް ފުލުހުން ކުރިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން