ރާއްޖެއިން މިއަދު އިތުރު 129 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ 37 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 93 ދިވެހިންނާއި ބަންގްލަދޭޝްގެ 26 މީހަކާއި އިންޑިއާ 9 މީހުންނާއި ނޭޕާލް މީހެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިއަދު ބަލިޖެހުނު 129 މީހުންނާއެކު ބަލިޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 4898 އަށް އަރާފައެވެ. މިއަދު ބަލިން ރަނގަޅުވި 37 މީހުންނާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 2791 އަށް އަރާފައެވެ.

މިވަގުތު ބަލިޖެހި ފަރުވާ ކުރާ މީހުންގެ އަދަދު އުޅެނީ 2088 ގައެވެ. އައިސޮލޭޝަންގައި ތިބީ 1481 މީހުންނެވެ. މިވަގުތު ބަލި ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 144 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނީ 7 ރިސޯޓެއްގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 6 ފަތުރުވެރިންނާއި 9 މުވައްޒަފުން މިވަގުތު އެބަތިބި ކަމަށެވެ.

މިއަދު ބައްޔަށް ޕޮޒިޓިވްވި 129 މީހުންގެ ތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވް ވެފައިވަނީ 128 މީހެކެވެ. އަތޮޅު ތަކުން ބައްޔަށް ޕޮޒިޓިވް ވެފައިވަނީ އެންމެ މީހެކެވެ.

ރާއްޖެ އިން ކޮވިޑް ބަލިޖެހިގެން 19 މީހަކު މިހާތަަނަށް ނިޔާވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން