ގެއްލިގެން ހޯދަމުންދާ މެދުފުށި ސަޕްލައި ދޯނި ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ނަމަވެސް ދޯނީގެ ޚަބަރެއް އަދި ނުވާކަމަށް އެމް.އެން.ޑީ.އެފުން ބުނެފިއެވެ.

އެމް.އެން.ޑީ.އެފުން މައުލޫމާތު ދިން ގޮތުގައި ވައިގެ މަގުންނާއި ކަނޑުމަގުން ދޯނި ހޯދުމުގެ މަސައްކަތް މެދު ނުކެނޑި ކުރަމުންދާ ކަމަށެވެ.

ތިލަފުށިން ހުކުރު ދުވަހު ހެނދުނު 6:00 ގައި ފުރައިގެން ދަތުރު ކުރަމުންދިޔަ ދޯނީގެ ހަބަރެއް ނުވެގެން ކޯސްޓްގާޑަށް ރިޕޯޓުކޮށްފައިވަނީ ހުކުރު ދުވަހުގެ ހަވީރު 5:20 ގައެވެ. މި ދޯނި ގެއްލިފައިވަނީ ދޯނީގެ 3 ފަޅުވެރިންނާއިއެކުއެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ވައި ގަދަވެ ވިއްސާރަ ވުމާއި ގުޅިގެން ނުރައްކާތެރި ހާދިސާތައް ހިނގަމުންދާތީ ސަމާލުވާން ކަމާބެހޭ އިދާރާތަކުން މިހާރުވަނީ އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން