ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދާ މީހުންގެ އަދަދު 144 އަރާފައިވާއިރު އޭގެ ތެރެއިން 9 މީހަކަށް ފަރުވާ ދެމުން ގެންދަނީ އައިސީޔޫގައި ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް ޖެހިގެން އައިސީޔޫގައި 9 މީހަކަށް ފަރުވާ ދެމުންދާ ކަމަށާއި، އޭގެތެރެއިން އެކަކަށް ފަރުވާ ދެމުން ގެންދަނީ ވެންޓިލޭޓަރުގައި ކަމަށެވެ.
ޑީއެޗް 11 ގައި ދެ މީހުންނަށް ފަރުވާ ދެމުން ދާކަމަށާ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ހަތް މީހަކަށް ފަރުވާ ދެމުން ދާކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި ވޯޑުގައި 135 މީހަކަށް ފަރުވާދެމުންދާ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ. އެގޮތުން ޑީއެޗް 16 ގައި 4 މީހަކަށް ފަރުވާ ދެމުންދާކަމަށާ ށ ފުނަދޫގައި އެކަކަށް ފަރުވާ ދެމުން ދާއިރު ބ އޭދަފުށީގައި ވެސް އެކަކަށް ފަރުވާ ދެމުން ދާކަމަށާ އަދި ހުޅުމާލެ ފެސިލިޓީގައި 129 މީހަކަށް ފަރުވާ ދެމުން ދާކަމަށް ނަޒްލާ ވިދާޅުވިއެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 240 މީހަކު އަދިވެސް ފެސިލިޓީތަކަށް ނުގެންދެވި އެބަތިބި ކަމަށް ނަޒްލާ ވިދާޅުވިއެވެ. ޑރ.ނަޒްލާ ވިދާޅުވީ އޭގެ ތެރެއިން ބައެއް މީހުން ފެސިލިޓީތަކަށް ނުގެންދެވި ވަނީ އެކި ސަބަބުތަކާއި ހެދި ޕޮޒިޓިވްވި ބައެއް މީހުން ފެސިލިޓީތަކަށް ދާން ބޭނުން ނުވާތީ ކަމަށެވެ.
"މިސާލަކަށް ކުއްޖާގެ މަންމަ ޕޮޒިޓިވް ވިޔަސް، ކުއްޖާގެ ނަތީޖާ ނުލިބޭތީ ފެސިލިޓީއަށް ދާން ބޭނުން ނުވާ މީހުން އެބަތިބި. ހަމަ މިގޮތަށް ކުއްޖާ ޕޮޒިޓިވްވެފައި މަންމަގެ ނަތީޖާ ނުލިބޭތީ ދާން ބޭނުން ނުވާ މީހުން އެބަތިބި." ޑރ.ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، އާސަންދައިގެ ދަށުން ބޭސްފަރުވާއަށް އިންޑިއާއަށް ދިޔަ އަށް ދިވެއްސަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފަައިވާ ކަމަށެވެ. އެމީހުންގެ ތެރެއިން ދެމީހަކަށް ބަލި ޖެހުނުކަން އެނގިފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި، ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ އަމްރިތާ ހޮސްޕިޓަލަށް ދިޔަ ހަތަރު މީހަކާއި ކިމްސް ހޮސްޕިޓަލަށް ދިޔަ ހަތަރު މީހެއް ކަމަށް ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން އައިސޮލޭޝަން ފެސިލިޓީތަކުގައި މިހާރު ޖުމްލަ 1481 މީހަކު ތިބިއިރު ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 47 މީހުން އައިސޮލޭޝަން ފެސިލިޓީތަކުން ދޫކޮށްލާފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. ރާއްޖެއިން އިއްޔެވެސް އިތުރު 129 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ 37 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު