ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ މައްޗަށް އިއްވާފައިވާ 5 އަހަރުގެ ޖަލުގެ ހުކުމާއި ގުޅިގެން ބޭރުގައުމު ތަކުގެ ޕްރެޝަރު ސަރުކާރަށް ވަރަށް ބޮޑަށް ކުރިމަތިވަމުންދާ ކަމަށް ޕީޕިއެމްގެ ނާއިބް ރައީސް ޣައްސާނު މައުމޫން ރޭ ވިދާޅުވެއްޖެއެވެ.

ޗެނަލް 13 ގައި ވާހަކަ ދައްކަވަމުން ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާނު މައޫމޫން ވިދާޅުވީ ނުހައްގުން ރައީސް ޔާމިންގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައިވާތީ އެމަނިކުފާނު މިނިވަން ކުރުމަށް އެދި ބޭރުގައުމުތަކުން ރައީސް ސޯލިހްގެ ސަރުކާރަށް ޕްރެޝަރު ކުރަމުންދާ ކަމަށެވެ. އަދި އެގައުމުތަކުގެ ޕްރެޝަރާއި ހެދި ރައީސް ޔާމިން މާގިނަ ދުވަހު ޖަލުގައި ނުބެހެއްޓޭނެ ކަމަށާއި، އެމަނިކުފާނު މިނިވަންވެ ޕީޕީއެމް އާއެކު މަސައްކަތްޕުޅު ކުރައްވާތަން ދާދި އަވަހަށް ފެނިގެންދާނެ ކަމަށް ޣައްސާނު ވިދާޅުވިއެވެ.

ޣައްސާނު ވިދާޅުވީ ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމިން ކަމަށާއި ކޯލިޝަން ސަރުކާރުން ބޭނުން ނުވިއަސް އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށެވެ. ރައީސް ޔާމީނަށް މިސަރުކާރުން ކުރާ ނުހައްގު އަނިޔާގެ ހަގީގަތް ބޭރުގައުމުތަކަށް ސާފުކޮށްދިނުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ޣައްސާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެގޭ އެބޭފުޅުން (ބޭރުގައުމުތަކުން) ރައީސް ޔާމިންގެ މައްސަލައިގައި ސަރުކާރަށް ޕްރެޝަރު ކުރަން ފަށައިފި، ﷲ އިރާދަކުރެއްވިއްޔާ ރައީސް ދެން މާގިނަ ދުވަހަކު އެގޮތަށް ހުންނަވާކަށް ޖެހިވަޑައެއް ނުގަންނަވާނެ، އަޅުގަނޑުމެންނާއެކު މަސައްކަތް ކުރައްވަން ވަރަށް އަވަހަށް ނިކުމެވަޑައިގަންނަވާނެ، ރައީސް ޔާމިން އިންތިޚާބުގައި ވާދަކުރައްވައި ކާމިޔާބު ވެސް ކުރައްވާނެ." ޔާމިން އަށް ބޮޑުބޭބެ ވިދާޅުވާ ޣައްސާނު ވިދާޅުވިއެވެ.

މީގެއިތުރުން ޣައްސާނު ވިދާޅުވީ ރައީސް ޔާމިންގެ މައްޗަށް މި ސަރުކާރުން އިތުރު ދައުވާ ތަކެއް އުފުލީ އެމްއެމްޕީއާރުސީގެ މައްސަލައިގައި ރައީސް ޔާމިން ދެން އިތުރަށް ޖަލުގައި ނުބެހެއްޓޭނެ ކަން ޔަގީންވާތީ ކަމަށެވެ. ޢެކަން ބޭރު ދުނިޔެއަށް ވެސް މިހާރު އެނގި ހާމަވެފައިވާ ކަމަށް ޣަައްސާނު ވިދާޅުވިއެވެ.

"ބޭރު ދުނިޔެ އިން މި އަންނަނީ ކެތް ނުކުރެވޭ މިންވަރުގެ ޕްރެޝަރު ސަރުކާރަށް، އުސޫލުތަށް މުގުރާލާފަ ކަންތައް ކުރަންޖެހޭ ގޮތް އޮއްވައި އެހެން ގޮތަކަށް ކަންތައްކޮށް ސިޔާސީ ނުފޫޒު ފޯރުވައިގެން ރައީސް ޔާމިން ޖަލުގައި ބަހައްޓާފައި ހުރިކަން އެބައެގޭ، ބޭރު ގައުމުތަކުން އެބަބުނޭ މިމައްސަލައިގައި ޔާމިން ހައްޔަރުކޮށްފައި ނުބެހެއްޓޭނެޔޭ، މި ސަރުކާރަށް އެބައެގޭ މިމައްސަލައިގައި ރައީސް ދެން މާގިނަ ދުވަހަކު ޖަލުގައި ނުބެހެއްޓޭނެކަން، އެހެންވީމަ އެކަން ފޫބައްދާފައި ފާޑެއްގެ ވާހަކަ އެއް ދައްކާފައި ދައުވާ ތަކެއް މި އުފުލައިގެން މިއުޅެނީ." ޣައްސާނު ވިދާޅުވިއެވެ.

ޕީޕިއެމްގެ ހަަރަކާތްތަކާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޣައްސާނު ވިދާޅުވީ ޕީޕިއެމް އިން ރަސްމީ ސިފައެއްގައި އިހުތިޖާޖް ކުރަން ނިކުމެއްޖެނަމަ ހާސިލް ކުރަން ބޭނުންވާ ކަންތައް ހާސިލް ކުރާނެ ކަމަށެވެ. ޢަދި ރާއްޖޭގެ ރަށްރަށުގައި ކޯލިޝަން ހިންގުން ހަރުދަނާކުރުމަށް ފިޔަވަޅުތަކެއް މަސައްކަތް ކުރަމުންދާ ކަމަށް ޣައްސާނު ވިދާޅުވިއެވެ.

"އެގޮތުން ވަރަށް އަވަހަށް އިއުލާން ކުރެވިގެންދާނެ ކޮންމެ ރަށެއްގައި ކޯލިޝަންގެ ސްޓިއަރިން ކޮމެޓީއެއް އިންތިޚާބުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާނަން، އޭރުން އަޅުގަނޑުމެންނަށް ގާއިމްކުރެވޭނެ ދިވެހި ރައްޔިތުންނާއި މިހާރަށް ވުރެ ގާތުން މަސައްކަތް ކުރެވޭނެ ނިޒާމެއް އެބޭފުޅުންގެ އަޑުއަަހަން ރައްޔިތުންގެ އިހުސާސް ތައް މި އަޑުއަހަނީ ރައީސް ޔާމިން ވެރިކަމަށް އައުމަށް ތައްޔާރުވުމަށްޓަކައި އެއީ ރާއްޖެ މިއޮތް މިނިކަމެތި ހާލުން އެހެން މިސްރާބަކަށް ގެންދިޔުމަށް." ޣައްސާނު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ފައިސާ އިން މަނީލޯންޑަރ ކުރިކަން ސާބިތުވެ 5 އަހަރުގެ ޖަލުގެ ޙުކުމެއް ރައީސް ޔާމިންގެ މައްޗަށް އިއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުއެވެ. އެމަނިކުފާނު ޙުކުމް ތަންފީޒު ކުރައްވަނީ މާފުށީ ޖަލުގައެވެ. ރައީސް ޔާމިންގެ މައްޗަށް އިއްވި ޙުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށް އަޑުއެހުންތައް މިހާރު ވަނީ ނިމުމަކާއި ގާތްވެފައެވެ.



ކިޔުންތެރިންގެ ހިޔާލު


15

ޑިޑީ

11-Aug-2020

ބައްޕަ އަކަށް ނުވާތީ ނޫން ކަމެއްވެސް ނޭގޭ ނޫން.


13

މަރީ

11-Aug-2020

އަބަދުހުކުމުގަ ކަލޭގެ ބައްޕައް ޖަލުގަ އޮން އިރުގަނުވިލޯއްބެއް ވަގައަކު ފެނިފަ މޮޔަވެގެން ތެޅެނީ މިހާރު ހުކުމް ކުރަން ކާރިވީމަ ގަމާރު ތެޅެނީ


6

ގައްދާރު

11-Aug-2020

ބަލައަންނިޖަލުގައޮންއިރުވެސް ތިބެއްޔާބުނިއެއްނޫން ދާހިލީކަންކަމައްބޭރުމީހުންއައްނުބާށޭ



ޓްރެންޑިން