ބަނޑޭރިކޮށީގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާލައިފިއެވެ.

ފުލުހުން މިރޭ ބުނީ ބަނޑޭރިކޮށީގެ އެޕާޓްމަންޓެއްގެ ތެރޭގައި މަރުވެފައި އޮއްވާ މިދިޔަ ހަަފްތާގެ ހޯމަދުވަހު ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް މިއަދު އިންޑިއާއަށް ފޮނުވާލާފައިވާކަމަށެވެ.

މަރުވެފައި އޮތް މީހާ ފެނުނީ، ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ބަނޑޭރި ކޮށި އެޕަރޓްމެންޓެއް ބަލާ ފާސްކުރަމުންދަނިކޮށެވެ. ފުލުހުން ބުނީ މަރުވެފައިއޮށްވާ ފެނުނީ ގދ. ހޯނޑެއްދޫ، ވިލިނގިލީގެ، ހައްމާދު ސައީދު ނަމަކަށް ކިޔާ 30 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

މި މައްސަލަ އިތުރަށް ތަޙުޤީގުކުރަމުންދާކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން