ރިޔާސީ ވައުދެއްގެ ގޮތުގައި ކޯލިޝަން ދަމަހައްޓާނެކަމަށް ވިދާޅުވިނަމަވެސް، ކޯލިޝަން ރޫޅާލުމަށްޓަކައި ވަޒީރުންގެ މަޖިލީހުން ހުސްވާ މަޤާމުތަކަށް އެމްޑީޕީ ނޫން މެބްރަކު އައްޔަން ނުކުރެވޭ ގޮތަށް އެމްޑީޕީގެ އަސާސީ ޤަވާދަށް އިސްލާހު ހުށަހަޅަން ތައްޔާރު ވެއްޖެއެވެ.
މި އިސްލާހު އެމްޑީޕީގެ ޤައުމީ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވަނީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އެވެ. އޭނާގެ އިސްލާހުގައި ބުނާގޮތުން އެމްޑީޕީގެ ކެންޑިޑޭޓެއްގެ ވެރިކަމެއްގައި އެކުލަވާލާ، ކޯލިޝަން ސަރުކާރެއް ގެ ވަޒީރެއްގެ މައްޗަށް ކޮރަޕްޝަނާއި ޖިންސީ ފުރައްސާރައިގެ އަދި މި ނޫން ތުހުމަތެއްގައި ވަޒީރަކު ވަކި ކޮށްފިނަމަ ކޯލިޝަނުގެ ސްލޮޓް ގެއްލޭނެކަމަށެވެ.
މީގެ އިތުރުން ދެން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ މަޤާމުގެ ހުސްކަން އަންނަ ވުޒާރާގެ ވަޒީރު ކަމުގެ މަގާމަށް ފޮނުވަން ވާނީ އިލެކްޝަންސް ކޮމިޝަނުގެ، ސިޔާސީ ޕާޓީގެ ދަފްތަރުގައި މަދުވެގެން ފަންސާސް ހާސް މެމްބަރުން ހަމަވާ ޕާޓީ އަކަށް ނިސްބަތްވާ މެމްބަރެއްގެ ނަން ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާގޮތުގައި ރައީސް ނަޝީދުގެ ފަޅިން ކޯލިޝަން ރޫޅާލުމަށް ކެޑިނޭޅި ކުރަމުންދާ މަސައްކަތަށް ރައީސް ޞާލިހުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބެއެވެ. މިވަގުތު އެމްޑީޕީގެ އެތެރޭގައާއި، މަޖިލީހުގެވެސް ބޮޑު އަޣުލަބިއްޔަތެއް ރައީސް ޞާލިހުގެ އަތްޕުޅުގައި އޮތުމުން ރައީސް ނަޝީދަށް އެމަނިކުފާނުގެ ކުޅި ކުރިއަށް ކުޅުއްވޭ ގޮތް ނުވެގެން އުޅުއްވަނީ ކަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެއެވެ.
ކޯލިޝަން އެއްބަސްވުމަކީ ރައީސް ޞާލިހު ވެރިކަމަށް ވަޑައިގަތުމަށް ވެފައިވާ ރިޔާސީ ވައުދުފުޅެކެވެ. އެމަނިކުފާނު ދަނީ ކޯލިޝަން ދެމެހެއްޓުމަށްޓަކައި ވެފައިވާ ވައުދުފުޅާއި އެއްގޮތަށް ޕާޓީތަކަށް ދެއްވާފައިވާ ސްލޮޓްތައް ދަމަހައްޓަމުންނެވެ. ޚާއްސަކޮށް ވަޒީރުންގެ މަޖިލީހުގައި ދެއްވާފައިވާ ސްލޮޓްތައް އެމަނިކުފާނު ދަނީ ދަމަހައްޓަވަމުންނެވެ.
2008 ވަނަ އަހަރު ރައީސް ނަޝީދުވެސް ވެރިކަމަށް ވަޑައިގެންފައިވަނީ ކޯލިޝަނެއްގެ ތެރެއިންނެވެ. ނަމަވެސް އެމަނިކުފާނުގެ ކޯލިޝަން އެންމެ 19 ދުވަސް ތެރޭގައި ވަނީ ރޫޅިފައެވެ. ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީ ކުރައްވާ ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ ކޯލިޝަން ރޫޅާލައި ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ކަމުގައި އެމްޑީޕީގެ ބައެއް އިސްފަރާތްތަކުން ވިދާޅުވެއެވެ. ނަމަވެސް މިފުރުސަތު ރައީސް ޞާލިހު ނުދެއްވާނެކަމަށް ސިޔާސީ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު