ފެނަކައިން ހދ. އަތޮޅުގެ ރަށްތަކުގައި ސްމާޓް މީޓަރު ހަރުކުރުމުގެ ކުރިން އެކަމާ ގުޅޭ މައުލޫމާތު ދިނުމަށް ބައްދަލުވުމެއް ބާއްވައިފި އެވެ.

ސްމާޓް މީޓަރ ހަރުކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން ބޭއްވި އެ ބައްދަލުވުމުގައި ރައްޔިތުންނާއި ކައުންސިލްތަކަށް މައުލޫމާތު ދީފައިވާ ކަމަށް ފެނަކައިން ބުނެއެވެ.

"ސްމާޓް މީޓާރ އިނީޝިއޭޓިވް"ގެ ނަމުގައި މި ސަރުކާރުން ފެށި އެ މަޝްރޫއަކީ ފެނަކައިގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމުގެ ގޮތުން ފެށި މަޝްރޫއެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

ސްމާޓް މީޓަރާއެކު ރިމޯޓްކޮށް މީޓަރ ރީޑިންގ ނެގުމާއި، ޑާޓާ ކަލެކްޓް ކުރެވިގެންދާނެ އެވެ.

އެ ޕްރޮޖެކްޓު މިހާރު މ، ފ، ދ، ޏ، އަދި ބ އަތޮޅުގައި ވަނީ ފަށައިފަ އެވެ.

ފަހަކަށް އައިސް ކަރަންޓު ބިލު ބޮޑުމުގެ ޝަކުވާ އިތުރުވެފައިވާ އިރު ސްމާޓް މީޓަރާއެކު ކޮންމެ ދުވަހަކު ގެއިން ބޭނުންކުރެވޭ ޔުނިޓްތަކުގެ އަދަދު ވަގުތުން ބެލެން ހުންނާނެ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން