މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ،، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ އިންތިހާބު މި މަހު 28 ގައި ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.

އެ ޕާޓީން މިއަދު ބުނެފައިވަނީ އިންތިހާބުގައި ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރާއި، 2 ނައިބު ލީޑަރުންނާއި، ސެކްރެޓަރީ ޖެނެރަލާއި، ސެކްރެޓަރީ ޖެނެރަލްގެ ނާއިބު، ޗީފް ވިޕް އަދި ވިޕްގެ މަގާމަށް ދެ ބޭފުޅުން އިންތިހާބުކުރުން އޮންނާނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް އިންތިހާބުވި މެންބަރުން މަގާމުގެ ހުވާކުރުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.

މި މަގާމުތަކަށް ވާދަކުރަން ބޭނުންވާ އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުން މި މަހުގެ 27 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް އެންގުމަށް އެ ޕާޓީން ވަނީ އެދިފައެވެ.

93 މެންބަރުން ހިމެނޭ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ފަރާތުން ހޮވިފައިވަނީ އެންމެ 12 މެންބަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން