ބްރިޖާއި ހައިވޭގައި ދުއްވާއިރު ސަމާލުވާން ފުލުހުން އިލްތިމާސްކޮއްފިއެވެ.

ފުލުހުން މިކަމަށް އިލްތިމާސްކޮއްފައިވަނީ މިދުވަސްކޮޅު ވައިގަދަވެ ވިއްސާރަ ވުމާ ގުޅިގެންނެވެ. ފުލުހުން ވަނީ ސައިކަލު ދުއްވާއިރު ކުޑަ ނަގައިގެން ނުދުއްވުމަށާއި ފަސޭހައިން ހަލާކުވާ ކޯޓު ބޭނުން ނުކުރުމަށާ އަދި ހެލްމެޓް ވަޔާ ނުދާނޭހެން އެޅުމަށް އިލްތިމާސްކޮއްފައެވެ.

އޭގެ އިތުރުން، ދުއްވާ އުޅަނދުގެ ހުރިހާ ލައިޓުތައް ދިއްލޭތޯ ބަލަންވެސް ފުލުހުން އިލްތިމާސްކުރިއެވެ.



މި ދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާ ދުވަސްވަރަކަށް ވާއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް މި ވިއްސާރައިގެ އަސަރު އަންނަނީ ކުރަމުން ނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން