މޫސުން އިންތިހާއަށް ގޯސްވާނެ ކަމަށް ލަފާކޮށް އޮރެންޖް އެލާޓް ނެރެފި އެވެ.

އާންމުކޮށް އޮރެންޖް އެލާޓް ނެރެނީ މޫސުން ވަރަށް ގޯސްވާ ހިސާބަށް ދިއުމުން ރައްކާތެރިވެ ތިބުމަށް އެންގުމުގެ ގޮތުން ނެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އޮފީހުން ބުނީ މިއަދު ހެނދުނު ހަޔަކުން ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ވަރަށް ބޮޑަށް މޫސުން ގޯސްވާނެ ކަމަށެވެ.

އެގޮތުން ގަޑިއަކު 34 މޭލާއި 40 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވާ އިރު ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

މޫސުން މި ދުވަސްވަރު ގޯސްވެފައިވާ އިރު މާލެ ސަރަހައްދަށް ވެސް ވައި ގަދަވެ ބޮޑެތި ގަސްތައް ވެއްޓި ދުއްވާ އެއްޗެއްސަށް ވަނީ ގެއްލުން ލިބިފަ އެވެ.

މޫސުން ގޯސްވެ ވައިގަދަވެ ތަކެތި ވަޔާ ވިއްސައިގެންދާނެތީ ކޮންސްޓްރަކްޝަން ސައިޓްތަަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން