ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޝިފާޒު ސަސްޕެންޑުކޮށްފި އެވެ.

ޝިފާޒް މަގާމުން ސަސްޕެންޑްކުރިކަން "ރަސް"އަށް ވަނީ ކަށަވަރުކުރެވިފަ އެވެ.

ނަމަވެސް އޭނާ ސަސްޕެންޑް ކުރި ސަބަބެއް ސާފެއް ނުވެއެވެ. ހުދު ޝިފާޒް ވެސް ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ނުލިބެ އެވެ.

ޝިފާޒް ސަސްޕެންޑްކުރި އިރު ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު ވެސް މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅުއްސުރެ ތިއްބެވީ ސަސްޕެންޝަންގަ އެވެ. އެއީ މީސް މީޑިއާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްވާގޮތަށް ޕޯސްޓުތަކެއް ކުރުމާއި ގުޅިގެން ނެވެ.

މީގެއިތުރުން ރޭ ވަނީ މިފްކޯގެ ސީއީއޯ އަހުމަދު ސަމާހު ރަޝީދުވެސް މަގާމުން ވަކިކޮށްފަ އެވެ. އަދި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޗެއާޕާސަން ކަމުން އައިޝަތު ނޫރައިން ޖަނާހު އިސްތިއުފާ ދެއްވި ޚަބަރު ވެސް މީޑިއާއަށް ތިލަވީ ރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން