ރާއްޖެއަށް ޗައިނާއާއި އިންޑިއާއިން އިމްޕޯޓްކުރާ މުދަލަށް އެ ދެ ގަުއުމުގެ ފައިސާ ދައްކަން ފެށުމުން ދިވެހި ފައިސާ ވަރުގަދަވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގައި ރޭ ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މިހާރުވެސް ޗައިނާއާއި ރާއްޖެއިން 1.4 ބިލިއަނެއްހާ ޑޮލަރުގެ މުދާ އެތެރެކުރާ ކަމަށެވެ. އެހެންކަމުން ޑޮލަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަށް ސަޢީދު ވިދާޅުވިއެވެ.

އެހެންވެ އެ ދެ ގައުމުން ގެންނަ މުދަލަށް އެ ދެ ގައުމުގެ ފައިސާއިން ޕޭމަންޓްތައް ހެދުމަށް ދެ ގައުމުގެ ސަރުކާރާއެކު މިހާރު މަޝްވަރާތައް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

"އޭރުން ކުރިއަށް އޮތް ތަނުގައި ޑޮލަރަށް އޮންނަ ޑިމާންޑް ހައްތަހާ ކުޑަވަމުންދާނެ." ސަޢީދު ވިދާޅުވި އެވެ.

އެ މަސައްކަތްތަކަށް އެއްބާރުލުން ދޭނެ ކަމަަށް ޗައިނާއިން ބުނެފައިވާ ކަމަށާއި އަދި އިންޑިއާއިން ވެސް އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވީމާ މި ދެ މާކެޓާއެކީގައި މި ކުރެވޭ މަސައްކަތާއެކީގައި ނަތީޖާއަކަށް ވެގެންދާނީ އިރާދަކުރެއްވިއްޔާ އިތުރަށް ރުފިޔާ ވަރުގަދަވެގެންދާނެ." މިނިސްްޓަރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން