ސައުދީގެ އިސްލާމިކް މިނިސްޓްރީއާއި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ ގުޅިގެން ދީނީ ދިރާސާތަކެއް ކުރަން ނިންމައިފި އެވެ.

ރާއްޖޭގެ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި ސައުދީ އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށް ގެންދާ އިލްމީ ޕޯރޮގްރާމްގައި ވާޙަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެ ފޯރަމްގެ މަގްސަދަކީ އަގީދާގެ ދާއިރާއިން އިލްމީ މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.

ޚާއްސަކޮށް ތައުހީދާ ގުޅޭ ގޮތުން އިލްމީ މައުލޫމާތުދިން އެ ފޯރަމަށް ހީކުރި ވަރަށް ވުރެ މާބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށް ޝަހީމް ވިދާޅުވި އެވެ.

އެގޮތުން އަންހެން ބޭފުޅުންނާއި އިސްލާމީ ދާއިރާތަކުގައި ކިޔަވާ މީހުން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ މީހުން އެ ޕްރޮގްރާމްގައި ބައިވެރިވި ކަމަށް ޝަހީމް ވިދާޅުވިއެވެ. އެހެންކަމުން އެ ފޯރަމަކީ ކާމިޔާބު ފޯރަމެއްގެ ގޮތުގައި މިނިސްޓަރު ސިފަ ކުރެއްވި އެވެ.

"މި މިސައްކަތަކީ އިސްލާމީީ ވުޒާރާއާއި ސައުދީގެ އިސްލާމީ ވުޒާރާއާ ގުޅިގެން ކުރިއަށް ގެންދެވޭ މަސައްކަތްތަކެއް. އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައިވެސް އިލްމީ މިފަދަ ކަންތައްތައް ކުރިއަށް ދާނެ. އަދި ދެ ވުޒާރާ ގުޅިގެން އިސްލާމީ ދާއިރާއާ ގުޅުން ހުރި އެކިއެކި ދިރާސާ ކުރުމާއި އިސްލާމީ ޚިދުމަތުގައި ވަރަށް ގިނަ ކަންތައްތައް ކުރިއަށް އޮތް ތަނުގައި އިންޝާﷲ ފެނިގެންދާނެ." ޝަހީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން