މިފްކޯގެ ކުރީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދު ފިޝަރީޒްގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަނުކޮށްފި އެވެ.

ސަމާހު މިފްކޯގެ ސީއީއޯކަމުން ވަކިކުރިކަން ސަރުކާރުގެ ކުންފުނިތަކުގެ އިސްމަގާމުތަކަށް ބޭފުޅުން އައްޔަނުކޮށް ވަކި ކުރުމުގެ ޒިންމާތަކާ ހަވާލުވެފައިވާ ޕްރައިޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ހާމަކުރީ އިއްޔެ ހަވީރު އެވެ. ނަމަވެސް އޭނާ ވަކިކުރީ ކީއްވެގެން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އެކަމަކު އޭނާ މަގާމުން ވަކިކުރިތާ އެއް ދުވަސްވެސް ނުވަނީސް ފިޝަރީޒްގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަނުކުރިކަން "ރަސް" އަށް ވަނީ ކަށަވަރުކުރެވިފަ އެވެ.

ސަމާހު މިފްކޯގައި ހުންނެވި އިރު ޕީސީބީން އޭނާއާ ގުޅޭ 12 މައްސަލައެއް ބަލަން ފަށައި އޭނާ މާޗު މަހު ސަސްޕެންޑްވެސް ކުރި އެވެ.

ބޮޑެތި ތުހުމަތުތަކެއް އޭނާގެ މައްޗަށް ކުރިއިރު ސަމާހުގެ ސަސްޕެންޝަން އުވާލީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.

ސަމާހު މި ވަގުތު ހުންނެވީ މިހާރު ކުރިއަށްދާ 18 ވަނަ "އިންފޯ ފިޝް ވޯލްޑް ޓޫނާ ކޮންފަރެންސް އެންޑް އެގްޒިބިޝަން"ގައި މިފްކޯ ތަމްސީލު ކުރެއްވުމަށް ތައިލެންޑްގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން