މޫސުން ގޯސްވެފައިވާތީ ފަޅު ރަށްރަށާއި ފިނޮޅުތަކަށް ދަތުރު ނުދާން ފުލުހުން އަންގައިފި އެވެ.

ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެފައިވާއިރު ބައެއް ހިސާބުތަކަށް މިއަދު ހަވީރާ ހަމައަށް އޮރެންޖް އެލާޓް ނެރެފައިވާ އިރު އަނެއްބައެއް ހިސާބަށް ޔެލޯ އެލާޓް ވަނީ ނެރެފަ އެވެ.

މެޓް އޮފީހުން ވަނީ ރާއްޖޭގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކޮށްފަ އެވެ.

ފުލުހުންގެ ރަސްމީ އެކައުންޓުން އެކްސްގައި ބުނީ މި ދުވަސްވަރަކީ ކަނޑުގަދަ، ވިއްސާރަ ދުވަސް ވަރަކަށް ވުމާއެކު، ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތުގައި މެނުވީ ކަނޑުދަތުރު ނުކުރުމަށެވެ. އަދި ދަތުރުކުރަން ޖެހިއްޖެ ހާލަތުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި ކުދި އުޅަނދުގައި ދަތުރުނުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

"އަދި ފަޅު ރަށްރަށާއި ފިނޮޅު ފަދަ ތަންތަނަށް ދަތުރު ނުދިއުމަށާއި މޫދަށް ނޭރުމަށް ވެސް އިލްތިމާސްކުރަން." ފުލުހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން