މޫސުން ގޯސްވެ ހުޅުމާލެ ފެރީގެ ހިދުމަތް މެދުކަނޑާލައިފި އެވެ.

ހުޅުމާލެ ފެރީގެ ހިދުމަތް ދެމުންގެންދާ އެމްޓީސީސީން އެކްސްގައި ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރައާ ގުޅިގެން ގްރޭޓަރ މާލެ ސަރަހައްދުގެ ފެރީގެ ހިދުމަތަށް ބުރޫ އެރުމަކީ އެކަށީގެންވާ ކަމެއް ކަަމަށެވެ.

އެހެންވެ މާލެ-ހުޅުމާލެ ފެރީގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށް އެމްޓީސީން ބުނެއެވެ. އަދި މޫސުމާ ބެހޭ އިދާރާއާއި އަދި ސަލާމަތީ ބާރުތަކުން ނެރޭ އިރުޝާދުތަކަށް އެއްގޮތަށް ރައްކާތެރިކަން އިސްކުރަންވެސް އެމްޓީސީސީން އިލްތިމާސްކުރެ އެވެ.

ފެރީގެ ހިދުމަތް އަލުން ފަށާނެ ވަގުތެއް އެމްޓީސީސީން ހާމައެއް ނުކުރެއެވެ.

ހއ. އިން ފެށިގެން ޅ. އަތޮޅަށް މިހާރުވެސް އޮތީ ރީނދޫ އެލާޓް ނެރެފަ އެވެ. އަދި މިއަދު ހަވީރު 04:30 އާ ހަމައަށް ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މިވަގުތު ތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރަން ފުލުހުން ވަނީ އިލްތިމާސްވެސްކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން