މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް, އިބްރާހީމް ވަޙީދު
މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް, އިބްރާހީމް ވަޙީދު
މީޑިއާ ވިލެޖުގެ މަސައްކަތް ނިންމާލެވޭއިރު ނޫސްވެރިކަމުގެ މުޅިން އާ މިސްރާބަކަށް ދެވޭނެ ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް, އިބްރާހީމް ވަޙީދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މީޑިއާ ވިލެޖުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށާއި، އަދި މިމަސައްކަތް ނިންމާލެވޭއިރު ރާއްޖޭގެ ނޫސްވެރިކަން މުޅިން އާ މިސްރާބަކަށް ދެވޭނެ ކަމަށް ގަބޫލުފުޅުކުރައްވާކަމަށެވެ.

"މީޑިއާ ވިލެޖުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ އަޅުގަނޑުމެންނަށް އޭގެ މަސައްކަތް ފެށޭނެ. މީޑިއާ ވިލެޖުގެ މަސައްކަތް ނިންމާލެވޭއިރު އަޅުގަނޑުމެންނަށް ނޫސްވެރިކަމުގެ މުޅިން އެހެން މިސްރާބަކަށް އަޅުގަނޑުމެންނަށް ދެވޭނެ" މިނިސްޓަރ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިމަސައްކަތަށް ބޭނުންވާ ކަރުދާސް ކެބިނެޓުން ފާސްކޮށް ރުހުން ލިބިފައިވާކަމަށެވެ. އަދި މިމަސައްކަތުގެ ދަށުން ސަރުކާރުގެ ބަޖެޓުން މީޑިއާ ތަކަށް ފައިސާ ދިނުމާއި، ދެމެހެއްޓެނިވި ގޮތެއްގައި މީޑިއާތައް އޮޕަރޭޓް ކުރުމަށް ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދުފުޅެއްކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މިމަސައްކަތް އެއްކޮށް ނިމިގެން އަންނައިރު، އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ރާއްޖޭގެ ޓީވީ ސްޓޭޝަންތައް ހިންގުމަށްޓަކައި، އެބޭފުޅުންނަށް އެކަށީގެންވާ ރަނގަޅު، މިހާރު އެބޭފުޅުން އެ މަސައްކަތްކުރާ ތަންތަނަށް ވުރެއް މާބޮޑުތަނުން ޖާގަ ތަނަވަސް އޮފީސްތަކެއް ލިބިގެންދާނެ، އެތަންތަނުގައި ރަނގަޅު ފެންވަރުގެ ސްޓޫޑިއޯތަކެއް އެބޭފުޅުންނަށް ހެދޭނެ."


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން