މިދުވަސްވަރަކީ މޫސުން ގޯސް، ވިއްސާރަ، އަދި ވައިގަދަ ދުވަސްވަރަކަށްވާތީ ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމަށް، ހުޅުމާލޭގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ސައިޓުތަކާއި އާންމުން ދިރިއުޅޭ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފިއެވެ.

މިކަމާ ގުޅިގެން އެޗްޑީސީން މިއަދު އާންމު ކުރި އިއުލާނެއްގައި، މޫސުން ގޯސްވުމާއިއެކު ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމަށް، ހުޅުމާލޭގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ސައިޓުތަކުގައި ރައްކާތެރިކަމުގެ ގޮތުން ބަލަން ޖެހޭ ކަންކަން ފުރިހަމަކުރުމަށް ހުރިހައި ކޮންޓްރެކްޓަރުންނަށް ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ކޮންސްޓްރަކްޝަން ސައިޓުތަކުގެ ވަށައިގެން ޖަހާފައިވާ ސޭފްޓީ ނެޓް އަދި ޓިނު ފަދަ ތަކެތި ރަނގަޅަށް ހަރުކުރެވިފައިވޭތޯ ބެލުމަށް އެޗްޑީސީން ވަނީ އަންގާފައެވެ.



މީގެއިތުރުން އާންމުން ދިރިއުޅޭ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، ބެލްކަނިތަކާއި ޓެރަސް ފަދަ ތަންތަނުގައި ބަހައްޓާފައި ހުރި ތަކެތިނެގުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބޭރަށް ހުޅުވޭ ގޮތަށް ހުރި ފެންލައިޓާއި، ދޮރުފަދަ ތަންތަނުން ގޭތެރެއަށް ފެންނުވަންނާނެ ގޮތަށް ބަންދުކުރުމަށް އެޗްޑީސީންވަނީ އެދިފައެވެ.

އެޗްޑީސީން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދީގެން، ކޮޅިގަނޑު ތެރޭގައި ކުރިމަތިވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކަށްވެސް އިލްތިމާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން