20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް, ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހަމަޖެއްސުމަށް ޕީއެންސީ އިން ނިންމައިފިއެވެ.

މިނިންމުން ނިންމާފައިވަނީ މިއަދު ޕީއެންސީގެ ރައީސް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި އެކު ޕީއެންސީގެ އިންތިހާބީ މެމްބަރުން ބޭއްވި ބައްދަލުވުމެއްގައެވެ. މިބައްދަލުވުމުގައި މަޖިލީހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރ، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ ނަން ހުށައެޅުއްވީ ރައީސް ޑރ. މުއިއްޒުއެވެ.

މިބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު ވަނީ، މަޖިލީހުގެ ނައިބު ރައީސްކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމު، ޕީޖީ ލީޑަރަކަށް އިނގުރައިދޫ ދާއިރާގެ އިންތިހާބީ މެމްބަރު އިބްރާހިމް ފަލާހް، އަދި ސީނިއަރ ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ބާރަށު ދާއިރާގެ އިންތިހާބީ މެމްބަރު އިބްރާހިމް ޝުޖާޢު ގެ ނަން ހުށައަޅުއްވާފައެވެ.

މީގެއިތުރުން، ވިލިމާލެ ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު އިސްމާއިލް، މަހިބަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ތޯރިގު އަދި ހުޅުދޫ ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު ޝާހިދުގެ ނަންފުޅު، ޑެޕިއުޓީ ޕީޖީ ލީޑަރުންގެ ގޮތުގައި ވަނީ ހުށައަޅުއްވާފައެވެ.

ރައީސް ޑރ. މުއިއްޒު ހުށައެޅުއްވި މިހުރިހާ ނަންފުޅެއް މިއަދުގެ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ފާސްވެފައިވާކަމަށް ޕީއެންސީ އިން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން