މަޖިލީހުގެ އާ ދައުރަކީ، ދިވެހީންނަށް ނަފާވެރި، ކާމިޔާބު ދައުރަކަށް ވެގެންދާނެ ކަމާއިމެދު ޝައްކެއް ނުކުރައްވާކަމަށް ނައިބު ރައީސް އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު ޢަބްދުއްރަޙީމް އަދި ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ އިންތިޚާބީ މެންބަރު އަޙްމަދު ނާޒިމް އިންތިޚާބު ކުރުމަށް ޕީއެންސީން ވަނީ ފާސްކޮށްފައެވެ. އެގޮތަށް ނިންމާފައިވަނީ މުލީއާގޭގައި މިއަދު ބޭއްވެވި ބައްދަލުވުމުގައެވެ.

އެކަމާ ގުޅިގެން ނާއިބް ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ، އާ ދައުރަކީ، ދިވެހީންނަށް ނަފާވެރި، ކާމިޔާބު ދައުރަކަށް ވެގެންދާނެ ކަމާއިމެދު ޝައްކެއް ނުކުރައްވާކަމަށެވެ.



މީގެ އިތުރުން މިއަދު ބޭއްވެވި ބައްދަލުކުރުމުގައި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު ކަމަށް އިނގުރައިދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ފަލާހު އަދި ސީނިއާ ޑެޕިއުޓީ ލީޑަރަކަށް ބާރަށު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ސުޖާއު ހަމަޖައްސަން ވަނީ ނިންމާފައެވެ.

ވިހި ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ އާއެކު ޕީއެންސީ ތަމްސީލުކުރާ 74 މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި ހިމެނެއެވެ. ވިހި ވަނަ މަޖިލީހުގެ މެމްބަރުން ހުވާކުރާނީ މިމަހުގެ 28 ވަނަ ދުވަހުއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން