ހެރިޓޭޖްގެ ޑެޕިއުޓީ މިނިސްޓަރަކު ވެސް ސަސްޕެންޑްކޮށްފި އެވެ.

"ރަސް"އަށް އެނގިފައިވާ ގޮތުގައި ސަސްޕެންޑްކޮށްފައި ވަނީ ހެރިޓޭޖްގެ ޑެޕިއުޓީ މިނިސްޓަރު ހައްމަދު ސައީދު މޫސާ ވަޖުދީ އެވެ.

އޭނާ ސަސްޕެންޑްކުރީ ސުލޫކީ މައްސަލައެއްގައިކަން ވެސް ވަނީ އެނގިފަ އެވެ. ނަމަަވެސް އޭގެ ތަފްސީލެއް ނުލިބެ އެވެ.

ހެރިޓޭޖްގެ ޑެޕިއުޓީ މިނިސްޓަރަކު ސަސްޕެންޑް ކުރިއިރު އިއްޔެ ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ޝިފާޒު ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.

އޭގެ އިތުރުން މީސް މީޑިއާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްވާގޮތަށް ޕޯސްޓުތަކެއް ކުރުމާއި ގުޅިގެން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު ވެސް މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅުއްސުރެ ތިއްބެވީ ސަސްޕެންޝަންގަ އެވެ.

ސަރުކާރުގެ މަގާމުތަކާއި ކުންފުނިތަކުގެ މަގާމުތަކަށް ބަދަލުތައް އަންނަމުންދާއިރު މިފްކޯގެ ސީއީއޯ އަހުމަދު ސަމާހު ރަޝީދުވެސް މަގާމުން ވަކިކޮށް ފިޝަރީޒްގެ ސްޓޭޓް މިނިސްޓަރަކަށް ވަނީ އައްޔަނުކޮށްފަ އެވެ.

މީގެއިތުރުން އެމްއެމްޕީއާރުސީގެ މެނެޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފާތިމަތު ތައުފީގު އެމަގާމުން ވަކިކޮށްފައި ވާއިރު ރޭ ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމުން އަހްމަދު ޒުހޫރު ވެސް ވަކިކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން