އޮލިމަޕްސް ކުރިމަތީގައި ބިދޭސީންތަކެއް މުޒާހަރާ ކުރަން ފަށައިފިއެވެ.

މުޒާހަރާ ކުރަމުންދާ ގިނަ ބިދޭސީން އަޑު އުފުލަނީ މުސާރައާއި އިނާޔަތް ނުލިބޭކަމަށްބުނެއެވެ. މުޒާހަރާގައި ގިނަ އަދަދެއްގެ ބިދޭސީން އަޑު އުފުލަމުންދާއިރު، އެސަރަހައްދުން ބިދޭސީން ފޮނުވާލުމަށްޓަކައި އެސްއޯފުލުހުންވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ބިދޭސީންނަށް މުސާރަ ނުދޭތީއާއި ކުރާނެ މަސައްކަތެއްނެތި ގިނަ ބަޔަކު ދަނީ ހާލުގައި ޖެހެމުންނެވެ. އެކި ކުންފުނިތަކުގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތް ތެރިންނަށް ކޯވިޑް-19 އާއި ގުޅިގެން ދޭންޖެހޭ މުސާރަ ނުދޭ ކަމަށް ބުނެ މިފަދަ މުޒާހަރާތައް އިތުރުވެފައިވާއިރު މާލެއާއި އަޮޅުތެރޭގައިވެސް ބިދޭސީންގެ ގިނަ ބަޔަކު ދަނީ މިފަދަ އިހުތިޖާޖުތައް ބާއްވަމުންނެވެ.

ރާއްޖޭގައި މަސައްކަތްކުރުމަށް ގެންނަ ބިދޭސީ މަސައްކަތްތަތެރިންނާބެހޭ އައު ޤަވާއިދު މިހަފްތާގެ ތެރޭގައި ޢާއްމު ކުރާނެކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާޢީލް ވަނީ ވިދާޅުވެފައެވެ. ފައްޔާޒް ވިދާޅުވީ ބިދޭސީންގެ މައްސަލައަކީ ޒަމާންވީ ބޮޑު މައްސަލައެއްކަމަށާއި، އެކަމަށް އަވަސް ހައްލުތަކެއް ގެންނަންޖެހޭކަމަށެވެ. އަދި ބިދޭސީންގެ މައްސަލައަކީ މި ސަރުކާރުންވެސް ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ މައްސަލައެއްކަމަށާއި، ނަމަވެސް އެކަންކަން އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ނުދަނީ ކޯވިޑް-19 އާއެކު ކުރިމަތިވެފައިވާ ޙާލަތުގެ ސަބަބުންކަމަށެވެ.

ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގަވާއިދާއި ޚިލާފަށް އުޅޭ ގިނަ ބިދޭސީންތަކެއް ފޮނުވާލުމުގެ މަސައްކަތް ސަރުކާޜުން ވަނީ ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން