އައްޑޫގައި ކޯވިޑް-19 އަށް ފަރުވާ ދޭ ޚާއްޞަ ވޯޑެއް
އައްޑޫގައި ކޯވިޑް-19 އަށް ފަރުވާ ދޭ ޚާއްޞަ ވޯޑެއް
އައްޑޫ ސިޓީގެ ހޯމް ކަރަންޓީނުގަ ހުރި ބިދޭސީއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ، އައްޑޫސިޓީން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ދޭކަށް އަރައިފިއެވެ.

އައްޑޫ ސިޓީން ކޯވިޑް-19އަށް ޕޮޒިޓިވްވި ދެވަނަ މީހާއަކީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހެކެވެ. މިމީހާ ޕޮޒިޓިވްވިކަން އެނގުނީ ހޯމް ކަރަންޓީނުގެ 14 ދުވަސް ފުރިހަމަކޮށް، ހެދި ޓެސްޓުންނެވެ. އޭނާ ހޯމް ކަަރަންޓީނުގައި ހުރީ ހިތަދޫގައި ކަމަށް އިކުއަޓޯރިއަލް ހޮސްްޕިޓަލުން މަޢުލޫމާތުދެއެވެ. ޕޮޒިޓިވްވި ބަންގްލަދޭޝް މީހާއަކީ އައްޑޫ ހައިސްކޫލުގެ ހޯލު ހެދުމަށް އެރަށް ދިޔަ ކުންފުނީގެ މުވައްޒަފެއް ކަމަށް މައުލޫމާތު ލިބެއެވެ.

އައްޑޫ ސިޓީއިން އިތުރު މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު ރޭގައިވަނީ އައްޑޫ ސިޓީއިން ހޯމް ކަރަންޓީނުގައި ހުރި ފުލުހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އައްޑޫ ސިޓީގައި ކޯވިޑް-19ގެ ޓެސްޓުކުރުން އަދި ފަރުވާ ދިނުމުގެ ކަންކަން ހަމަޖެހިފައިވަނީ އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގަ އެވެ. މިދިޔަ ހަފްތާ ތެރޭގައި ފުވައްމުލައް ސިޓީގައި ހޯމް ކަރަންޓީނުގައި ހުރި މީހަކުވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ފުލުހުންގެ ތެރޭގައި މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި 56 މީހަކު ތިބި ކަމަށް މީގެ ތިން ދުވަސް ކުރިން ވިދާޅުވެފަ އެވެ. މިފަހުން މާލެއިން ރަށްރަށަށް ދަތުރު ކުރާ ފަރާތްތައް މިބައްޔަށް އަންނަނީ ޕޮޒިޓިވް ވަމުންނެވެ. މިކަމާއި ގުޅިގެން ހޯމް ކަރަންޓީނު އުސޫލަށް އެޗްޕީއޭއިން ވަނީ ބަދަލު ތަކެއް ގެނެސްފައެވެ. އެގޮތުން މާލެއިން ރަށްރަށަށް މިހާރު ޟަރޫރީ ބޭނުންތަކުގައި ނޫނީ ދަތުރު ނުކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން