އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ އަކީ އަމިއްލަ މިނިވަންކަމާއެކު މަސައްކަތްކުރާ ތަނެއް ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޠާރިޤު މި މޭރުމުން ވިދާޅުވީ ރާއްޖޭގެ ވެށި ހިމާޔަތްކުރުމަށްޓަކައި އީޕީއޭ މާލީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން ވާޖިބު އަދާކުރެވޭ ވަރަށް ފުދުންތެރިކުރުވައި އެތަނަށް ބޭނުންވާ ގާނޫނީ މިނިވަންކަމާއި ބާރު ދިނުމަކީ ދައުލަތުން ކުރަން ޖެހޭ ކަމެއް ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޠާރިޤް ވިދާޅުވީ ގާނޫނީ ގޮތުން އީޕީއޭ މިނިވަންކޮށް ވަކި ޙައިސިއްޔަތެއް ދިނުމުގެ ވިސްނުމެއް މި ސަރުކާރުން އަދި ނުގެންގުޅޭ ކަމަށެވެ. ނަމަވެސް އީޕީއޭ އަކީ އަމިއްލަ މިނިވަންކަމާއެކު މަސައްކަތްކުރާ ތަނެއް ކަމަށް ޠާރިޤް ވިދާޅުވިއެވެ.

އޭގެއިތުރުން އީޕީއޭ އަށް ބޭނުންވާ ވަސީލަތްތައް ހޯދަައިދީ، އެ އެޖެންސީގެ ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭ ކަމަށްވެސް ޠާރިޤްވަނީ ވިދާޅުވެފައެވެ.

2008 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގަރާރަކުން އުފެއްދެވި އީޕީއޭ ޤާނޫނީ ގޮތުން މިނިވަން ކުރުމަކީ ކުރީގެ ރައީސް ޞާލިޙްގެ ރިޔާސީ ވަޢުދެކެވެ. ނަމަވެސް ވެރިކަމުގެ 5 އަހަރުގެ ތެރޭގައި ރައީސް ޞާލިޙްގެ އެ ވަޢުދު ފުއްދަވާފައެއް ނުވެއެވެ.

ދާދި ފަހުން އީޕީއޭ އިން ވަނީ ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވެ ފަރުތަކުން ގާ ހުދުވަމުން ދާތީ، ބިން ހިއްކުމާއި އަދި ފަރުމަތީގައި މަސައްކަތް ކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް ކަމާބެހޭ މުއައްސަސާތަކަށް އަންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން