އުތުރުގެ ރަށެއްގައި އުމުރުން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް މަސްތުވާތަކެތި ދިނުމަށްފަހު ރޭޕްކުރި މައްސަލައެއް ފެންމަތި ވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ، ​އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ އާދީއްތަ ދުވަހު ކަމަށާއި މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށެވެ.

ސޯޝަލް މީޑިއާގައި އަޑުފެތުރިފާ ވާގޮތުގައި ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރީ 31 އަހަރުގެ ފިރިހެނެކެވެ. އަދި މިދިޔަ ހޯމަ ދުވަހުން ފެށިގެން ފުލުހުން އަންނަނީ އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެ މީހާ ހައްޔަރުކުރުމަށް ފުލުހުން ކޯޓު އަމުރަކަށް އެދުނުކަން އެނގުމާ އެކު އެ މީހާ ވަނީ އެ ރަށުން ފިލާފައިކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން