ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތް ތިން ގައުމަށް ރާއްޖެއިން މަރުހަބާ ކިޔައިފި އެވެ.

ފޮރިން މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެ ގައުމުތަކުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމުން މަރުހަބާ ކިޔާކަމަށާއި އަދި ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައި ނުގަންނަ ގައުމުތަކުން ވެސް ފަލަސްތީނުގެ މީހުން އަމިއްލަ ދައުލަތެއް އުފެއްދުމަށް ކުރާ މަސައްކަތަށް ތާާއިދުކުރުމަށް ގޮވާލާފަ އެވެ.

ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި މިދިޔަ ހަފްތާގައި ބަލައިގަތީ އަޔަލެންޑް، ނޯވޭ އަދި ސްޕެއިނުން ނެވެ.

އެ ގައުމުތަކުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމުން އިސްރާއިލުން ރުޅިގަނޑު ފަޅައިގެން ގޮސް އެގައުމުތަކުގައި ތިބި ސަފީރުން ވެސް ވަނީ އަނބުރާ ގެެނެސްފަ އެވެ.

ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި 143 ގައުމަކުން ބަލައިގަނެފައި ވެއެވެ.

ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިނުގަންނަނީ ބޮޑަށް ހުޅަނގުގެ ގައުމުތަކުން ނެވެ. އޭގެ ތެރޭގައި އެމެރިކާ، އިނގިރޭސިވިލާތް، ޖަރުމަނު ވިލާތް، ފަރަންސޭސި ވިލާތް، ކެނެޑާ ހިމެނެ އެވެ. އެ ގައުމުތަކަކީ އިސްރާއިލުގެ ދިފާއުގައި އެންމެ ބޮޑަށް ވަކާލާތުކުރާ ގައުމުތައް ވެސް މެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން