އަމާޒަކީ ރާާއްޖެއަށް އޮފް ސީޒަނެއް ނާންނާނެވަރަށް ފަތުރުވެރިކަން ގެންދިއުންކަމަށް އެމްއެމްޕީއާރުސީން ބުނެފި އެވެ.

އެމްއެމްޕީއާރުސީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބައްސާމް އާދަމް ވިދާޅުވީ މިހާރު ފަތުރުވެރިކަމުގެ ހުރިހާ ސެގްމަންޓްތަކަކަށް ވެސް ފޯކަސް ކުރަމުންދާ ކަމަށެވެ.

އެގޮތުން ހައި އެންޑް ލަގްޒަރީ، ގެސްޓް ހައުސް، ބޯޓިން ފަދަ ސެގްމަންޓްތަކަށް ފޯކަސްކޮށް އެއް ސެގްމަންޓަކުން އެހެން ސެގްމަންޓަކަށް ގެއްލުންނުވާ ގޮތަށް ވެސް ބަލަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި އެކި ކަހަލަ ޓުއާތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެގޮތުން ރާއްޖޭގައި ބައިވަރު ކުޅިތައް ހުރިއިރު އެޑްވެންޗާ ސްޕޯޓްސްއާއި ސައިކްލިން ޓުއާތައް ވެސް ކުރިއަށް ގެންދެވިދާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

"އަދި އަޅުގަނޑުމެން ހަމަ ވަރަށް ބޮޑަށް ފޯކަސް ކުރަން ހަމަ ވަރަށް ބޮޑަށް އެ އޮފް ސީޒަންގައި އެދާ ގެޕް ފިލްކޮށްލަން. ރާއްޖޭގައި އޮފް ސީޒަނެއް ނާންނާނެ ވަރަށް ގެންދިއުން އެއީ އަޅުގަނޑުމެންގެ މަގުސަދަކީ." ބައްސާމް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން