ނޭޗާ ޕާކުތައް ތަރައްގީކުރަން 23 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

ރާއްޖޭގައި އިތުރު ތިން ބަޔޮސްފިއާ ރިޒާވާއެކު ކޮންމެ އަތޮޅެއްގައި ނޭޗާ ޕާކެއް ގާއިމުކުރަން ނިންމިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވީ މިދިޔަ ފެބްރުއަރީ މަހު ދުބާއީގައި ކުރިއަށް ދިޔަ ވޯލްޑް ގަވަންމަންޓްސް ފޯރަމްގައެވެ.

އަދި ނޭޗާ ޕާކުތައް ތަރައްގީ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް އޮތީ ހުޅުވާލައިފަ އެވެ.

އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ އެކަމަށް ހުޅުވާލި ފުރުސަތުގައި 23 ފަރާތަކުން އެކަމަށް ކުރިމަތިލި ކަމަށެވެ.

"އެ 23 އީއޯއައި އިވެލުއޭޓު ކުރުމަށްފަހު ނޭޗަރ ޕާކް ތަރައްގީ ކުރުމުގެ މަސައްކަތަށް ދެން ކުރަން ޖެހޭ މަސައްކަތް މިއަހަރު ފަހުކޮޅު ކުރެވިގެންދާނެ ވާހަކަ ދަންނަވާލަން." ތޯރިގު ވިދާޅުވިއެވެ.

އިތުރު ތިން ޔުނެސްކޯ ބަޔޮސްފިއާ ރިޒާވް ގާއިމުކޮށް ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗާ ޕާކު ތަރައްގީކުރަން ނިންމީ ގުދުރަތީ ކާރިސާތަކާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ދިމާވާ ކާރިސާތަކާއި ގެއްލުންތައް ކުޑަކުރުމަށް ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން