ސިފައިންނާއި ސިފައިންގެ އާާއިލާތަކަށް ބޯހިޔާވަހިކަން ދިނުމަށްޓަކައި ހުޅުމާލޭގައި އިމާރާތްކުރަމުންދާ ސިފްކޯ ހިޔާ ފްލެޓްތަކުގެ މަސައްކަތް އަވަސް ކުރުމާއި ލަސް ކުރުމަކީ ސިފައިންގެ ކަމެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.
އަވަސްގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ސިފައިންނާއި ސިފައިންގެ އާާއިލާތަކަށް ބޯހިޔާވަހިކަން ދިނުމަށްޓަކައި ހުޅުމާލޭގައި އިމާރާތްކުރަމުންދާ ސިފްކޯ ހިޔާ ފްލެޓްތަކުގެ މަސައްކަތް އަވަސް ކުރުމާއި ލަސް ކުރުމަކީ ސިފައިންގެ އަތް މަތީގައި އޮތް ކަމެއް ކަމަށެވެ. އަދި އެމަސައްކަތް ވަކި ބަޔަކާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔުމަށް އެކަމަނާ ނާންގަވާނެ ކަމަށާއި، އެގޮތަށް އަންގައިފިނަމަ އެކަން ވާނީ ސިފްކޯ އަށް ނުފޫޒު ފޯރުވުމުގެ އަމަލެއްގެ ގޮތުގައި ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.
އެހެން ނަމަވެސް ފުލެޓްތަކުގެ މަސައްކަތް އަވަހަށް ނިއްމުމަށް ބޭނުންވާ ފައިސާގެ އެހީތެރިކަން ސަރުކާރުން ދެއްވާނެ ކަމުގެ ޔަގީން ކަން މިނިސްޓަރު މާރިޔާ ވަނީ ދެއްވާފައެވެ.
"ސިފްކޯ އަކީ އެތާ (ސިފައިން) އޮންނަ ކޯޕަރޭޓިވް އެއް އެމީހުންގެ ހިންގާ ކޮމެޓީއަކާއި ކޯޕަރޭޓިވް ސޮސައިޓީ ހެދިފައި އޮންނަ ގާނޫނުގެ ދަށުން ހެދިފައި އޮންނަ ރެޖިސްޓަރޑް ތަނެއް އެއީ، އެހެންވީމާ ސިފައިން ވަކިގޮތަކަށް ކުރަން ބޭނުންވެފައި އޮއްވާ އެމީހުންގެ ކޯޕަރޭޓިވް އެއް އެމީހުންގެ ލާރި އެމީހުންގެ މީހުން އެހުރިހާ ކަމެއް އެގޮތަށް ދަނިކޮށް ސަރުކާރުން އެއަށް އިތުރު ގޮތްތަކެއް ކިޔައިގެން އުޅުމަކީ ރައީސް ސޯލިހްގެ ސަރުކާރުން ކުރާނެ ކަމެއް ނޫން، އެމީހުން އެމަސައްކަތް ކުރާއިރު ސަރުކާރުން ފޯރުކޮށްދެވޭނީ ފަންޑާ އެކަހަލަ އެއްޗެހި." ފުލެޓްތައް ނުނިމި ލަސްވާ މަައްސަލައިގައި އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވިއެވެ.
ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ސިފްކޯ ހިޔާ ފްލެޓްތަކަކީ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި 2013 ވަނަ އަހަރުގެ ތެރޭގައި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ނޫމަޑި ރިސޯޓް އެންޑް ރެޒިޑެންޓްސް އަދި ސިފައިންގެ ކޯޕަރޭޓިވް "ސިފްކޯ"އާ ގުޅިގެން އިމާރާތްކުރަން ފެށި ފްލެޓްތަކެކެވެ.
ނަމަވެސް އެ މަސައްކަތް ކުރިއަށް ނުގޮސް ދިގު މުއްދަތަކަށް ހުއްޓިފައިވަނިކޮށް، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިދިޔަ އަހަރު ވަނީ އެ މަސައްކަތް އައިލެންޑް އެކްސްޕާޓް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފައެވެ.
ތިން ޓަވަރު ހިމެނޭ ގޮތަށް އިމާރާތްކުރާ ސިފްކޯ ހިޔާގައި 330 ފްލެޓް ހިމެނޭއިރު، ކޮންމެ އެޕާޓްމަންޓެއްގައި 900 އަކަފޫޓު ހުރެއެވެ. އަދި ލަގްޒަރީ ފެންވަރުގެ ކޮންމެ އެޕާޓްމަންޓެއްގައި ތިން ކޮޓަރި ހުރެއެވެ.
ފުލްޓް ދޫކުރާއިރު، އަންހެން ސިފައިންނަށާއި އަސްކަރިއްޔާއިން ރިޓަޔާކޮށްފައި ތިބި ޝަރުތު ހަމަވާ ބޭފުޅުންނަށް ވެސް ފްލެޓް ދޭނެ ކަމަށް އެމްއެންޑީއެފުން މީގެ ކުރިން ވަނީ ބުނެފައެވެ. ސިފައިންގެ ފުލެޓްތައް ނުނިމި ލަސްވާ މައްސަލަ މިހާރުވަނީ ރައްޔިތުންގެ މަޖިލީހުގެ ސަމާލު ކަމަށް ގެނެސްފައެވެ.

ކިޔުންތެރިންގެ ހިޔާލު