އިލްމު އުނގެނުމަށް މަސައްކަތް ކުރުމަކީ ސުވަރުގެއަށް ދިއުމަށް ކޮށޭނެ މަގެއް ކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.

ހުތުބާގައި ބުނީ އިލްމުގެ އަހުލުވެރިންނަކީ މާތް ﷲ އެބައެއްގެ ދަރަޖަ މަތިވެރި ކުރައްވާފައިވާ ބައެއް ކަމަށެވެ.

އަދި ކީރިތި ރަސޫލާ އެއްޗެއް އިތުރުކޮށްދެއްވުން އެދިވަޑައިގެން އެކަލާނގެއަށް ދުއާ ދެންނެވުމަށް އަމުރު ކުރައްވާފައިވަނީ ހަމައެކަނި އިލްމުވެރިކަން އިތުރުކޮށްދެއްވުމަށް ކަމަށް ވެސް ބުނެފައި ވެއެވެ.

ހުތުބާގައި ބުނީ އިލްމު އުނގެނުމަށް ވަކި އުމުރެއް އަދި ވަކި ޖިންސެއް ވެސް ނޯންނަ ކަމަށެވެ. އެހެންވެ މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން ޢިލްމު އުނގެނުމަށް ގަދައަޅައި މަސައްކަތް ކުރާން ޖެހޭ ކަމަށް ވެސް ބުނެފައި ވެއެވެ.

"މާތް ﷲ ގެ މަގުގައި މީހަކަށް ކުރެވޭނެ އެންމެ ހެޔޮ އަމަލުތަކުގެ ތެރޭގައި އިލްމު ހޯދުމަށް މަސައްކަތް ކުރުން ހިމެނެއެވެ. އަހަރެމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް ސުވަރުގެއަށް ދިއުމަށް ޝައުޤުވެރިވާނެކަން ކަށަވަރެވެ! މާތް ﷲ ގެ ވަޖުހުފުޅަށްޓަކައި ޢިލްމު އުނގެނުމަށް މަސައްކަތް ކުރުމަކީ ސުވަރުގެއަށް ދިއުމަށް ކޮށޭނެ މަގެކެވެ." ހުތުބާގައި ބުނެފައި ވެއެވެ.

ދަރިވަރުންގެ އުމުރުގައި ބަރަކާތްލައްވައި އިލްމުވެރި މޮޅު ދަރިންތަކަކަށްވާނީ، އެކަލާނގެ އެންގެވި ގޮތަށް އަމަލުތައް ބަހައްޓައި މައިންބަފައިންނަށް ހެޔޮކޮށްހިތައި، މުދައްރިސުންނަށް އިޙްތިރާމްކޮށް، އިލްމު ހޯދުމަށް ގަދައަޅައި މަސައްކަތް ކޮށްގެންކަމަށް ވެސް މިއަދުގެ ހުތުބާގައި ބުނެފައި ވެއެވެ،


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން