އަހުޒަމް އަޙްމަދު   24 މޭ 2024 - 14:50
މޫސުން ގޯވެސް ދިޔަވުމުގެ ސަބަބުން އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ލޯންޗެއް އަޑިއަށް ގޮސްފި އެވެ.

އެމްއެންޑީއެފުން ބުނީ އެ ލޯންޗު އަޑިއަށް ދިޔަ ކަމުގެ މަޢުލޫމާތު، އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާއެކު، ލޯންޗު ފެންމަތި ކުރުމުގެ މަސައްކަތް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއާއި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، އަދި ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ސިފައިންގެ އެހީތެރިކަމާއެކު މަސައްކަތް ފެށި ކަމަށެވެ.

އަދި އެއާއެކު ލޯންޗު މިހާރު ފެން،މަތިކުރެވިފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެއެވެ،



އެ މަސައްކަތުގައި ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ހަރަކާތްތެރިވެފައިވާއިރު، ޕަންޕު ބޭނުންކޮށްގެން ދިޔަ ހިއްކައި ލޯންޗު ފެންމަތި ކުރުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، އަދި ހުޅުމާލެ ފަޔަރ ސްޓޭޝަނުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.



މި ދުވަސް ވަރު ދަނީ ރާއްޖެއަށް ވަރަށް ބޯކޮށް ވިއްސާރަ ކުރަމުން ނެވެ. އަދި މޫސުން ގޯސްވެގެން ފާއިތުވި ދެ ދުވަހު ވަނީ އޮރެންޖެ އެލާޓުވެސް ނެރެފަ އެވެ. އަދި މިއަދުވެސް ވަނީ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން