ފިހަޅޮހި އައިލެންޑް ރިސޯޓް--
ފިހަޅޮހި އައިލެންޑް ރިސޯޓް--
ކ. އަތޮޅުގެ ރިސޯޓެއްގައި މީހަކު ގެނބިގެން މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ކ. އަތޮޅުގެ ރިސޯޓެއްގައި ސްނޯކަލިންއަށް ފޭބި ފަތުރުވެރިއަކު ގެނބިގެން އޭޑީކޭއަށް މިއަދު ހެނދުނު 11:30 ކަންހާއިރު ގެންދިޔަ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އޭޑީކޭއޭ ހަވާލާދީ ފުލުހުން ބުނެއެވެ.

އެއީ ރަޝިއާގެ އުމުރުން 69 އަހަރުގެ ފަތުރުވެރިއެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.

"ރަސް"އަށް އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގައިފައި ވަނީ ފިހާޅޮހީ އައިލެންޑް ރިސޯޓްގަ އެވެ.

އިއްޔެވެސް ވަނީ ރިސޯޓެއްގައި މީހަކު ގެނބިގެން މަރުވެފަ އެވެ. އދ. ސެންތާރާ ރިސޯޓުގައި ހިނގާދިޔަ މިހާދިސާގައި މަރުވެފައިވަނީ، ގެނބެމުން ދިޔަ ފަތުރުވެރިއަކު ސަލާމަތް ކުރަން އުޅުނު ދިވެއްސަކު ގެނބިގެންނެވެ. އެ ހާދިސާގައި ފަތުރުވެރިޔާ ސަލާމަތްވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން