ސްޓެލްކޯއިން ކުރިޔަށް ގެންދިޔަ ރަސްފަހި ޕްރޮގްރާމް ގެ ތެރެއިން (ފޮޓޯ: ސްޓެލްކޯ)
ސްޓެލްކޯއިން ކުރިޔަށް ގެންދިޔަ ރަސްފަހި ޕްރޮގްރާމް ގެ ތެރެއިން (ފޮޓޯ: ސްޓެލްކޯ)
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސްޓެލްކޯގެ މުވައްޒަފުން އިސްނަގައިގެން ގަސް އިންދުމުގެ ހަރަކާތެއް ހިންގުމަށް ނިންމައިފިއެވެ.

އެކްސްގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހްމީ ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ހަރަކާތަކީ ކޮޕް 28 ގައި ރައީސް ޑރ. މުއިއްޒު އިއުލާނު ކުރައްވާފައިވާ 5 މިލިއަން ގަސް އިންްދުމުގެ ޕްރޮގްރާމުގައި ބައިވެރިވެ، އެ މަސައްކަތުގައި ހިއްސާވުމުގެ ގޮތުން ކުންފުނީގެ ހުރިހާ މުވައްޒަފުން ބައިވެރިވާ ގޮތަށް ހިންގޭނެ ހަރަކާތެއް ކަމަށެވެ.

ފަހްމީ އިތުރަށް ވިދާޅުވީ މި ޕްރޮގްރާމުގެ ޒަރިއްޔާއިން ސްޓެލްކޯއިން އުފައްދާ ކަރބަން އޮފްސެޓް ކުރުމަށް ހިފާފައިވާ އަމާޒަށް ވާޞިލުވުމަށް މަގުފަހިވާނެތީ، ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ބައިވެރިވުން މުހިންމުކަމަށެވެ.



ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެންވަޔަރަމެންޓް މިނިސްޓްރީން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައާއި ރިސޯޓުތަކުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދާނޭކަމަށް ވަނީ އިއުލާންކޮށްފައެވެ. މިއީ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ފެށުމެވެ.

ސްޓެލްކޯއިން ވަނީ "ރަށްފަހި" ނަމުގައި 2019 ގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ހިންގާފައެވެ. އެ ޕްރޮގްރާމްގެ ދަށުން 6000 ގަސްވަނީ އިންދާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން