ހުޅުމާލޭގެ ފޭސް ދޭއްގައި ހިއްކަމުންދާ ސަރައްހައްދުގެ ބައެއްގައި އަޅާފައިވާ ސަފާރީތައް ނެގުމަށް އެޗްޑީސީން އަންގައިފިއެވެ.

​އެޗްޑީސީން ބުނީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ހިއްކާ މި ސަރަހައްދުގެ ފަޅަށް ވަންނަ ކޮޅުވެއްޓިތަކުގެ ސަބަބުން ސަފާރީތަކަށް ގެއްލުން ލިބި، ނުރައްކާތެރި ހާދިސާތަކެއް ހިނގާފައިވާ ކަމަށެވެ.

އެހެންކަމުން ރައްކާތެރިކަމުގެ ގޮތުން މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެތަކެތި ނެގުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

ހުޅުމާލޭގެ ފަޅުން ބޮޑު ސަރަހައްދެއް ހިއްކަން ނިންމާ އެކަމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ސަރުކާރުގައެވެ. މާލޭ ސަރަހައްދުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ހިއްކާ އެ ބިމުގެ މަސައްކަތް މި ސަރުކާރުން ވެސް ހުއްޓާނުލާ ކުރިއަށް ގެންދާނެކަމަށް ސަރުކާރުންވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން