އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ބައިނަލްއަގުވާމީ ކޯޓުން ކޮށްފައިވާ ހުކުމަށް ޔަހޫދީ އިސްރާއީލުން ތަބާވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ބައިނަލްއަގުވާމީ ކޯޓުގެ ނިންމުމަށް ތާއީދު ކުރައްވާކަން ހާމަކުރައްވަމުން އެކްސްގައި އެމަނިކުފާނު ވިދާޅުވީ، ޔަހޫދީ ދައުލަތުން ރަފަޙްގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ވަގުތުން ހުއްޓާލުމަށް ކުރި ޙުކުމާއެއްގޮތަށް ބޯލަނބަން ޖެހޭނެކަމަށާއި ރަފަޙް ބޯޑަރު ހުޅުވައި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދޭން ޖޭހެނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖެއިން އަބަދުވެސް ގަބޫލުކުރާ ގޮތަކީ ފަލަސްތީނަކީ މިނިވަން މުސަތަގިއްލު ދައުލަތެއްގެ ގޮތުގައި ކަނޑައެޅިގެން ދިއުން ކަމަށާއި އަދި ފުރިހަމަ ގޮތުގައި ފަލަސްތީނަށް ހަމަޖެހުން ލިބިގެން ދާނީ 1967 ގެ ކުރިން ބޯޑަރު އޮތްގޮތަށް އިރުމަތީ ގުދުސް ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ގާއިމު ވެގެންކަމަށެވެ.

އަދި، ކޯޓުގެ ނިންމުމަކީ ހަމަޖެހުން ގާއިމުކުރަން އެޅުނު މުހިންމު ފިޔަވަޅެއްކަން ވެސް އެމަނިކުފާނުވަނީ ފާހަގަ ކުރައްވާފައެވެ.

ޔަހޫދީން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ދެމުންދާ ލާއިންސާނީ ހަމަލާތައް ހުއްޓާލުމަށް ގޮވާލާ ބައިނަލްއަގުވާމީ ކޯޓަށް މައްސަލަ ހުށަހެޅީ ދެކުނު އެފްރިކާއިންނެވެ. ރަފަޙުގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓާލައި, ޣައްޒާއިން ފޭބުމަށް ޔަހޫދީ އިޒްރޭލުގެ ފައުޖަށް އައިސީޖޭގެ 15 ފަނޑިޔާރުންގެ ބެންޗުން ވަނީ އަމުރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން