ނޫސްވެރިޔާ އަހުމަދު ރިޟުވާންގެ މައްސަލައިގައި ކުރަންޖެހޭ ހުރިހާ ކަމެއް ރައީސް ޔާމިންގެ ސަރުކާރުން ވާނީ ކޮށްފައި ކަމަށް އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން އިއުލާންކުރަށްވާފައިވާ އުމަރު ނަސީރުގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިޟުވާންގެ މައްސަލައިގައި ކުރަންޖެހޭ ހުރިހާ ކަމެއް ރައީސް ޔާމިންގެ ސަރުކާރުން ވާނީ ކޮށްފައި ކަމަށެވެ. އެހެން ނަމަވެސް ދޮގާ އޮޅުވާލުމުން، އެއީ ސިޔާސީ ހަތިޔާރަކަށް ހެދުމުން އިތުބާރު ގެއްލުން ނޫން ކަމެއް ނުވި ކަމަށް އުމަރު ވިދާޅުވިއެވެ.
ރިޟުވާން ގެއްލުނުތާ 6 އަހަރުވެފައިވާއިރު ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ރައީސް ސޯލިހު ވަނީ ރިޟުވާންގެ އާއިލާއަށް އިންސާފު ހޯދައި ދޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ދުވަހު އެކަމަށްޓަކައި ވަނީ ހާއްސަ ކޮމިޝަނެއް އުފައްދަވައިފައެވެ. އެހެން ނަމަވެސް ދެ އަހަރު ދުވަސް ވެގެން ދާއިރުވެސް އެ މައްސަލައަށް މާ ބޮޑު ކުރިއެރުމެއް ލިބިގެން ގޮސްފައި ނުވާތީ އާއިލާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޓްވީޓާގައި ރައީސް ސޯލިހު ހިއްސާ ކުރެއްވި ނޯޓެއްގައި ވިދާޅުވީ ރިޟުވާންގެ މައްސަލައަށް އިންސާފު ނުލިބި ލަސްވަމުންދާ ކޮންމެ ދުވަހަކީ އާއިލާއަށް ލިބޭ އިތުރު ހިތްދަތި ކަމެއް ކަމަށެވެ.
"ހުރަސްތަކާއި ދަތިތަކާއި އެކުގައިވެސް އެ މައްސަލައަށް އިންސާފު ހޯދުމަށް ﷲގެ ވާގިފުޅާއިއެކު ކުރެވެން ހުރި ހުރިހާ ކަމެއް ހުއްޓާނުލާ މި ސަރުކާރުން ކުރިޔަށް ގެންދާނަން." ރައީސް ސޯލިހް ވިދާޅުވިއެވެ.
އެ ނޯޓު ނިންމަވާލައްވަމުން ރައީސް ވަނީ ރިޟުވާންގެ އާއިލާއިން އެދުނު ގޮތަށް އެ މައްސަލައިގެ ތަހުގީގު ޓީމުގައި ބޭރުގެ އިންވެސްޓިގޭޓަރެއް ބައިވެރި ކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމުގެ ޔަގީން ކަން ދެއްވާފައެވެ.
މަރު ކޮމިޝަނުން އާންމުކުރި ރިޕޯޓުގައި ބުނެފައިވަނީ ދީނީ ހަރުކަށި ފިކުރުގެ ޖަމިއްޔާއަކުން ރިޟުވާން ރަހީނުކޮށްގެން ގެންގޮސް ކަނޑު އުޅަނދެއްގައި އޭނާ މަރާލާ ކަނޑުފެއްތީ ކަމަށެވެ. އެމައްސަލައިގެ ތުހުމަތުގައި ބައެއްގެ މައްޗަށް ދައުވާ ކުރުމަށް އެކޮމިޝަނުން ޕީޖީ އޮފީހަށް ވެސް ފޮނުވިއެވެ. އެހެން ނަމަވެސް އެމައްސަލައިގައި ދައުވާ ކުރާ ވަރަށް ހެކި ނެތުމުންނާއި ތަހުގީގް ފުރިހަމަނުވާ ކަމަށް ބުނެ ޕީޖީ އޮފީހުން ވަނީ މައްސަލަ އަނބުރާ ފޮނުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު