މާލޭގެ މަގަކަށް ފަލަސްތީނުގެ ނަމުން ނަން ދޭނަމަ އެކަށީގެންވާ ބޮޑު މަގަކަށް އެ ނަން ކިޔަން ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމް އެދިވަޑައިގެންފިއެވެ.

މާލޭގައި ނަން ނުދީ އޮތް ދެ މަގަކަށް ނަން ދިނުމާއި ގުޅޭގޮތުން އިއްޔެވަނީ ސިޓީ ކައުންސިލްގެ ޖަލްސާގައި މަޝްވަރާކޮށްފައެވެ. އެ ޖަލްސާގައި ރިޔާސަތުން މޭޔަރު އާދަމް އާޒިމް ވަނީ ފަލަސްތީނަކީ ދިވެހީންގެ ލެޔާއި ގުޅިފައިވާ ގައުމެއްކަމަށްވާތީ އެ ގައުމަށް ނިސްބަތްވާގޮތަށް އެތަނުން މަގަކަށް ނަން ދިނުމަށް ފެނިވަޑައިގަންނަވާކަމަށް ހުށަހަޅުއްވާފައެވެ.

އެ ހުށަހެޅުމަށް ވަނީ ތާއީދު ލިބި ފާސްވެފައެވެ. ނަމަވެސް، އެ ނަން ދޭނީ ކޮން މަގަކަށްކަމެއް ޖަލްސާގައި ނިންމާފައެއް ނުވެއެވެ.

އެ ކަމާއި ގުޅިގެން ރައީސް މައުމޫން މިއަދު ވިދާޅުވީ، ފަލަސްތީނާ ގުޅުވައިގެން މާލޭގެ މަގަކަށް ނަން ކިޔުމަކީ ވަރަށް ފެނިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

ނަމަވެސް ފަލަސްތީނުގެ ނަން ކިޔަން ވާނީ އެކަށީގެންވާ ބޮޑު މަގަކަށް ކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން