ގައުމީ ތަރިކައިގެ ކޮލެޖް ގާއިމް ކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ނިމިފައިވާކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިިނިސްޓަރު އާދަމް ނަސީރު ވިދާޅުވީ ގައުމީ ތަރިކައިގެ ކޮލެޖް ގާއިމް ކުރުމަށް ކުރަންޖެހޭ ކަރުދާހީ ނުވަތަ އިދާރީ ހުރިހާ މަސައްކަތެއް ނިމިފައިވާކަމަށެެވެ. އެގޮތުން ތަރިކައާއި ބެހޭ ކޮލްޖްގެ ސިގްނޭޗާ ރިސާޗްގެ ޕްރޮގުރާމްތަށް އުފައްދައި މުގައްރަރު އެކުލަވާލުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާ ކަމަށާއި އޭގެ ތެރެެއިން ބައެއް މުގައްރަރު ފާސްކޮށް ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ކޮލެޖަށް ބޭނުންވާ އިދާރީ ފަރާތްތަކުގެ ނަންތައްވެސް މިހާރު ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ދިވެހި ގައުމީ ތަރިކައިގެ ކޮލެޖް ގާއިމްކުރުމުގެ ކަރުދާހީ މަސައްކަތް ނިމި އެކޮލެޖަށް ބޭނުންވާ އިދާރީ ބޭފުޅުންގެ ނަންފުޅުތައް ފޮނުވުމުގެ ހިސާބުގައި މިހާރު އޮތީ، އަޅުގަނޑުމެން އެ މަސައްކަތް ކުރަމުން އެބަގެންދަން އަދި ދިވެހިރާއްޖޭގެ ގައުމީ ޗާޕް ޚާނާ ގާއިމްކުރުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ،" މިނިސްޓަރު ވިދާޅުވިއެވެ.

ދިވެހި ބަހާއި ތަރިކަ ދިރުވާ އާލާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން