ލޮނުޒިޔާރާތްކޮޅުގައި ތަރައްގީކުރާ ޕާކު ހުޅުވަންދިން އެއްވެސް ތާރީހެއްގައި ނުހުޅުވި ލަސްވަމުންދާތީ އެކަމަށް ކުރީގެ ހައުސިން މިނިސްޓަރ މުހައްމަދު މުއިއްޒު ފާޑުވިދާޅުވެއްޖެއެވެ.

ޕާކްހުޅުވަން އެންމެ ފަހުން ނިންމާފައި އޮތީ ހުސްވި ހަފްތާގައެވެ. ނަމަވެސް އެތާރީހުވެސް ފަހަނައަޅާ މިވަނީ ގޮސްފައެވެ. މީގެކުރިންވެސް އެތައް ފަހަރެއްގެ މަތީން މިޕާކް ހުޅުވުމުގެ ތާރީހު މާލެ ސިޓީ ކައުންސިލުން ދީފައިވެއެވެ. މުއިއްޒު ވަނީ ޕާކް ހުޅުވަން ގުނާ ދުވަސްތަކަކީ ބަންދު ދުވަސްތައް ނުލައި ގުނާ ދުވަސްތަކެއްތޯ ސުވާލު ކުރައްވާފައެވެ. އަދި މިޕާކަކީ ކޮރަޕްޝަން ޕާކްގެ ގޮތުގައި މުއިއްޒުވަނީ ސިފަ ކުރައްވާފައެވެ.

"ކޮރަޕްޝަން ޕާކް ހުޅުވުމަށް އެންމެ ފަހުން ދިން ތާރީޚް ވެސް ފަހަނައަޅާ ގޮސްފި. އޮފީސް ބަންދު ދުވަސްތައް ކަނޑާފަ މުއްދަތު ގުނަނީތޯ؟ އާރޓިފިޝަލް ބީޗް ހުޅުވަންވެސް ތާރީޚްތަކެއް ދިން. މިހާރު އެވާހަކަ ނުވެސް ދައްކާ. ބަލާލި ކޮންމެ ދިމަލަކުން މިނޫން މަންޒަރެއް ރައްޔިތުންނަށް ނުފެނޭ." މުއިއްޒު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ މިއީ ރާއްޖޭގެ އެންމެ ބޮޑު ބަގީޗާ އަށް ވާނެ ކަމަށެވެ. އެތަން ތަރައްގީ ކުރަނީ ވީހާ ވެސް މަދުން މަރާމާތު ޖެހޭ ގޮތަށް ކަމަށް ވިދާޅުވި އެވެ. ޕާކުގައި ގިނަ ވާނީ ގަސް ކަމަށާއި އެތަނުގައި މައިގަނޑު މެއިންޓެނަންސަކަށް ވާނީ ގަސްތައް ބެލެހެއްޓުން ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.

ސިނަމާލެ ބްރިޖްގެ މަސައްކަތް ނިމުނު އިރު ކޮންސްޓްރަކްޝަން ސައިޓެއްގެ ގޮތުގައި އޮތް މި ހުސްބިން ޕާކަކަށް ތަރައްގީކުރަން ފެށީ މިދިޔަ އަހަރު މެދުތެރޭގަ އެވެ. ހިޔާ ދޭ ބޮޑެތި ގަހާއި ރުކާއި މާމެލާމެލި ހައްދައި ފެންގަނޑެއް ވެސް ހިމެނޭ ގޮތަށް ތަރައްގީކޮށްފައިވާ ޕާކާ އެކު ބްރިޖު ސަރަހައްދަށް ވަނީ އިތުރު ފުރިހަމަކަމެއް ލިބިފައެވެ.

ޕާކް ނުހުޅުވި ލަސްވާ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އަދި މިހާތަނަށް ދިން އެއްވެސް ތާރީހެއްގައި ނުހުޅުވިފައިވާއިރު، ކޮންމެ ފަހަރަކުވެސް ކޮންމެވެސް ބަހަނާއެއް ސިޓީ ކައުންސިލުން ދައްކައެވެ.



ކިޔުންތެރިންގެ ހިޔާލު


-6

އިބުރޭ

10-Aug-2020

ޙަޔާތްވެސްކުޑައޭ މުއިއްޒުމެން ދޯ! ބަލަ ޝުކުރު ކޮށްބަލަ ﷲ ތަޢާލާ މުއިއްޒު އަށް ސިއްޙަތު ސަލާމަތުން މިވަގުތުވެސް ލެހެއްޓިކަމަށް ޓަކައި ވިސްނާ ފިކުރުކޮށްބަލަ ކެވިފައި ހުރި ހަރާމް ފައިސާތަކަށް ކުރެވިފައި ހުރި ވަންކަންތަކަށް ނިކަން ތަޢުބާގަ ހުރެބަލަ!


6

ޒަރީރު

09-Aug-2020

ކަލޯ ހެދުން ލައިގެން ތި އުޅެނީ ލަދު ފޮރުވާކަށް ނުންތަ މުޅި ގައުމުދަވަލައި ވިއްކައި ހުސްކޮށްފަ ތިބެ ކޮސް ގޮވީމަ ކަޑަ ދޯ މުއިއްޒު ކޭވަރު ނުވަތަ ކެވުނު ވަރު މުއިއްޒަށް ވަޒަން ކޮށްލެވެންވާނެ


0

ޖައުފަރު

09-Aug-2020

މަ ގާތަށް އަންނަނީ ނުލަފާ ހިންޏެއް މުޅޮގައުމު ދަވާލާފަ ކޮރަޕުޝަނުގެ ހާއްޔަކަށް ބަދަލު ކުރިމީހުންގެ ލަދުހަޔާތް ވެސް ކުޑަކަމާއެވެ މުއިއްޒު އަކީ މަނަމަ އޮރިޔާމާ މަގުމަތީގަ އުޅޭނީވެސް



ޓްރެންޑިން