ސަރުކާރުން ގައުމީ ފެންވަރުގައި އަޝްހާ ޢީދު ފާހަގަކުރާ ރަށްތަށް މާދަމާ އިއުލާންކުރާނެ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް އާތިކާ އިބްރާހިމް ވިދާޅުވީ، ރާއްޖޭގެ އުތުރުން، މެދުރާއްޖެ ތެރެއާއި ދެކުނުން ތިން ސަރަހައްދެއްގައި ގައުމީ ފެންވަރުގައި ބޮޑު ޢީދު ފާހަގަކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ބޮޑު ޢީދު ފާހަގަކުރަން ހުޅުވާލި ފުރުސަތުގައި ރަށްތަކުން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށްވެސް ނިމިފައިވާ ކަމަށް އާތިކާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު އިވެލުއޭޓްކޮށްފައިވާ ޕްރޮޕޯސަލްތަކުން، އަޅުގަނޑުމެންގެ ވުޒާރާގެ ފަރާތުން ކަނޑައަޅާފައިވާ ރަށްތައް މާދަމާގެ ގަޑިއެއްގައި އިއުލާން ކޮށްލާނަން،" އާތިކާ ވިދާޅުވިއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީ އާއި ގުޅިގެން ބޮޑު އީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށްއެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު މީގެ ކުރިން ވަނީ ހުޅުވާލާފައެވެ. އެގޮތުން ހުޅުވާލައި ކުރި އިއުލާނާއި ގުޅިގެން 26 ރަށަކުން ޕްރޮޕޯޒަލް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން