ސިނަމާލެ ބްރިޖް ކައިރިން މިއަދު ހަވީރު ބަޔަކު ރާޅާއަޅަނީ: ފޮޓޯ ރަސް
ސިނަމާލެ ބްރިޖް ކައިރިން މިއަދު ހަވީރު ބަޔަކު ރާޅާއަޅަނީ: ފޮޓޯ ރަސް
ސިނަމާލެ ބްރިޖު ކައިރިން އޮޔާ ދަނިކޮށް ފެނުނު މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ ސިނަމާލެ ބްރިޖާ ދިމާލު ކަނޑުމަތިން މީހަކު އޮޔާދާ ކަމަށް މިއަދު 12:35 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެ މީހާ މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށްވެސް އޭރު ފުލުހުން ބުންޏެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނީ ސިނަމާލެ ބްރިޖާ ދިމާލު ކަނޑުމަތިން މީހަކު އޮޔާދަނިކޮށް ފެނުނު މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ. އަދި މަރުވެފައިވަނީ އަންހެނެއް ކަމަށާއި އެއީ ދިވެއްސެއް ނުވަތަ ބިދޭސީ އެއް ކަން ސާފުނުވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ފުލުހުން ގެންދަނީ މިމައްސަލަ ތަހުގީގް ކުރަމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން