ހުޅުލެ، ފޮނަދޫ އަދި މާލެ ގުޅުވާލުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮއްފައިވާކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ހުޅުލެ، ފޮނަދޫ އަދި މާލެ ގުޅުވާލުން ހަމަޖެހިފައިވަނީ ސިންގަލް ޓްރެކް މޮނޮރެއިލް އަކުން ކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ. އަދި މި މަޝްރޫއުގެ ފައިނޭންސް ކުރުމަށް ސޮއިކޮއްފައިވަނީ އިންޓަރނޭޝަނަލް ފްރީޒޯން އޮތޯރިޓީ އާއެކު ކަމަށްވެސް މިނިސްޓަރ ހާމަކުރެއްވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ފޮނަދޫގައި ގާއިމްކޮށްފައިވާ ތެޔޮ ރައްކާކުރާތަން މާލެ ކައިރިން ތަނެއް ހިއްކައިގެން ބަދަލުކުރަން ބަޔަކާއެކު ސޮއިކޮއްފައިވާ ކަމަށެވެ. އަދި މި މަޝްރޫއު 18 މަސްދުވަސް ތެރޭގައި ނިންމާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިއާއެކު ފޮނަދޫގައި ދިވެހިން ފަހުރުވެރިވާ ޒަމާންވީ ޓެކްނޮލޮޖީ އާއެކު އިމާރާތެއް ބިނާކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

ސަރުކާރުން އިންޓަރނޭޝަނަލް ފްރީޒޯން އޮތޯރިޓީ އާއެކު ފޮނަދޫގައި ފައިނޭންޝަލް ހަބެއް ގާއިމު ކުރުމަށް އެއްބަސްވުމުގައި ވަނީ ސޮއިކޮއްފައެވެ. ފޮނަދޫ ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމުން ފޮނަދޫގައި ފައިނޭންޝަލް ސެންޓަރުތަކާއި ކޮންވެންޝަން ސެންޓަރުތަކާއި ހޮޓާތައް ހުންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން