ރާއްޖޭގައި ފައިނޭންސް ކުރާނެ އިތުރު ފަރާތްތައް ނެތުމުން ވަރަށް ގިނަ ބޮޑެތި މަޝްރޫއުތައް މަޑުޖެހޭކަމަށް މިނިސްޓަރ އޮފް އިކޮނިމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ބޭންކިންގ ސެކްޓަރގައި ވަރަށް ބޮޑު ލިމިޓޭޝަންތަކެއް ހުންނަ ކަމަށާއި ކޮސްޓް އޮފް ބޮރޮވިންގ ވަރަށް ބޮޑު ކަމަށެވެ. މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވަނީ ޑިވެލޮޕްމަންޓް ބޭންކް ގާއިމްކޮއްގެން އިތުރަށް ދިވެހިން ކުރިއަރާ ދިއުމަށް ބޭނުންވާ ފުރުސަތުތައް ފަހިކޮއްދިނުމަށް ކަމަށެވެ.

ފައިނޭންޝަލް ދާއިރާ ތަރައްގީ ކުރުމާއި ބެހޭގޮތުން މިނިސްޓަރ ވިދާޅުވީ ޒަމާނީ ޑިވެލޮޕްމެންޓް ބޭންކްތަކާއި ޒަމާނީ އިންވެސްޓްމެންޓް ބޭންކްތައް ރާއްޖެ ގެނައުމަށް ފައިނޭންޝަލް ސެންޓަރުތައް ގާއިމު ކުރައްވާނެ ކަމަށެވެ. އެގޮތުން ފައިނޭންޝަލް ސެންޓަރުތަކަށް ފަހިވާ ގޮތަށް ގާނޫނުތަކާއި ގަވާއިދުތައް އެކުލަވާލެވެންޖެހޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވަނީ ބޭންކިންގ ނިޒާމު ހަރަދާނާ ކުރުމަށް ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް މިހާރު ގާއިމްކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން