މާފަންނު ގެސްޓްހައުސްއެއްގައި މީހަކު ރަހީނު ކޮށްގެން ގެންގުޅުނު މައްސަލައިގައި ހައްޔަރު ކުރި މީހެއްގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

މާފަންނު ގެސްޓްހައުސްއެއްގައި ރަހީނުކޮށްގެން ގެންގުޅެފައިވަނީ ނޭޕާލަށް ނިސްބަތްވާ ފިރިހެނެކެވެ. ފުލުހުން ވަނީ މި މައްސަލައާއި ގުޅިގެން ބުރާސްފަތި ދުވަހުގެ ރޭގަނޑު ބަންގްލަދޭޝްގެ 2 ފިރިހެނުން ހައްޔަރުކޮއްފައެވެ.

ފުލުހުން މައުލޫމާތު ދިންގޮތުގައި ހައްޔަރު ކުރި 2 މީހުންގެ ތެރެއިން އެކަކު ވަނީ ރޭގެ ވަގުތެއްގައި ދޫކޮއްލާފައެވެ. އަދި ދެވަނަ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ 10 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮއްފައެވެ.

ފުލުހުންދަނީ މި މައްސަލަ އިތުރަށް ތަހްގީގް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން