އިއްޔެ ސިނަމާލެ ބްރިޖާ ދިމާ ކަނޑުމަތިން އޮޔާ ގޮސް މަރުވީ ބިދޭސީއެއްކަން ކަށަވަރުވެއްޖެ އެވެ.

ފުލުހުން ބުނީ މީހަކު އޮޔާދާ ކަމަށް އިއްޔެ 12:35 ހާއިރު ރިޕޯޓުކުރި ކަމަށާއި އޭނާ ފަހުން އައިޖީއެމްއެޗްއަށް ގެންދިޔަ ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައިކަމަށް ފުލުހުން އޭރު ބުންޏެވެ.

އެއީ އަންހެނެއް ކަމަށާއި ނަމަވެސް އެއީ ބިދޭސީއެއް ކަމެއް ދިވެއްސެއް ކަމެއް ނޭނގޭ ކަމަށް އޭރު ފުލުހުން ބުނެފައި ވެއެވެ.

ނަމަވެސް މިއަދު އައިޖީއެމްއެޗުން ބުނީ އެއީ ބިދޭސީއެއްކަން މިހާރު ކަށަވަރުކުރެވިފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގައިދިޔަ ގޮތުގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ފުލުހުން ހަމައެކަނި ބުނީ ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން